Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓަރު

ވިސްނުމަކީ އާ އިމާރާތްތަކުން ހޮސްޕިޓަލަކަށްވުރެ ފުޅާ ވިސްނުމެއްގައި ހިދުމަތް ފޯރުކޮށްދިނުން: ހެލްތު މިނިސްޓަރު

ޕަބްލިކް ހެލްތް، ތަމްރީނު ދިނުން، މުސްތަގުބަލަށް ދިރާސާ ކުރުން، ސިއްހީ ދާއިރާގައި ތައުލީމް ހަސިލްކުރާ ފަރާތްތަކަށް އެކިއެކި ފުރުސަތުތަކެއް ލިބިދޭނެ މަރުކަޒުތަކެއްގެ ގޮތުގައި ހޮސްޕިޓަލްތައް ތަރައްގީ ކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2020 | ބުރާސްފަތި 07:47
ހެލްތް މިިނިސްޓަރު އަބްދުﷲ އަމީން

ހެލްތް މިިނިސްޓަރު އަބްދުﷲ އަމީން

ޞިއްޙީ ޚިދުމަތް ދިނުމަށް ޢިމާރާތްކުރެވޭ އާ ބިނާތަކުން ހޮސްޕިޓަލަކުން ދެވޭ ޚިދުމަތަށްވުރެ ފުޅާ ޚިދުމަތެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ހއ، ދ. އަދި ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަލަށް ރަށްރަށުގައި ފުރިހަމަ ކަމާއެކީގައި ބިނާ ކުރާ ތަންތަނަށް ހޮސްޕިޓަލް ކިޔާ ހިތް ނުވާ ކަމަށެވެ. ނަމަވެސް އެތަންތަނުން ހޮސްޕިޓަލްތަކުގެ ޚިދުމަތް އެބަދެވޭ ކަމަށާއި، ހޮސްޕިޓަލަށްވުރެ މާ ފުޅާ ވިސްނުމަކާއެކީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ތެރޭގައި ޕަބްލިކް ހެލްތާއި، ތަމްރީނު ދިނުމުގެ ކަންކަމާއި، މުސްތަޤުބަލަށް ދިރާސާ ކުރުމުގެ ކަންކަން އަދި ރައްޖޭގެ ޞިއްޙީ ދާއިރާގައި ތަޢުލީމް ޙާޞިލުކުރާ ފަރާތްތަކަށް އެކިއެކި ފުރުޞަތުތަކެއް ލިބިދޭނެ މަރުކަޒުތަކެއްގެ ގޮތުގައި، އެ މަރުކަޒުތައް ބިނާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފަށްޓަވާފައިވާ މުހިންމު މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ފަސް ޞަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ނަތީޖާ ފެންނަ ހިސާބަށް ދިޔުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދުޅަހެޔޮ ޞިއްޙަތަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގައި ޞިއްޙީ މުޞީބާތެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އަދި އެކި ޤައުމުތަކައް ކުރިމަތިވާ ޞިއްޙީ ކަންކަމުގެ ނޭދެވޭ އަސަރު ރާއްޖެއާ ހަމައަށް ފޯރާ ވަގުތުތަކުގައި ރައްޖޭގެ ޞިއްޙީ ނިޒާމުގެ ނާޒުކުކަން އިޙުސާސްކުރެވޭނެ ކަމަށެވެ. އަދި އެކަމުން ޞިއްޙީ ދާއިރާގެ ނިކަމެތިކަމާއި ބަލިކަށިކަން އިޙުސާސް ކުރެވޭނެ ކަމަށާއި، އެ ނާޒުކުކަން ނިމުކަމަށް ގެނެސް ބޮޑެތި މުޞީބާތްތައް ކުރިމަތިވާ ހިނދު އަދި ޢާންމުކޮށް ހުރި ޞިއްޙީ ކަންކަމުން ރައްކާތެރިވުމަށްޓަކައި ޤާބިލުކަން ހުރި އާބާދިއަކަށް ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ވިއްސަކަށް ތިރީހަކަށް އަދި ފަންސާހަކަށް އަހަރު ފަހުން ރާއްޖޭގެ އާބާދީގައި ހުންނާނެ މައްސަލަތަކަށް މިހާރު ވިސްނުން ހިންގާ ތަޞައްވަރުކޮށް އެކަންކަމާ ދޭތެރޭގައި މިހާރު ކުރާ މަސައްކަތްތަކުގެ ވިސްނުން ނެތްކަމުގައި ވާނަމަ އަބަދު ޖެހޭނީ އަހަރުން އަހަރަށް އެކްސްޓެންޝަންގެ ގޮތުގައި މަސައްކަތް ކޮށްކޮށް ތިބެން ކަމަށެވެ. އަދި މި ވިސްނުން ދޫކޮށް ދުރަށް ރޭވިގެން މަސައްކަތް ކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

ފަތުރުވެރިކަން ފުޅާ ކުރުމަށް ތައިލެންޑާއި އެކު ރާއްޖެއިން މަސައްކަތް ފަށައިފި

08 އޮކްޓޯބަރު 2017
ފަތުރުވެރިކަން ފުޅާ ކުރުމަށް ތައިލެންޑާއި އެކު ރާއްޖެއިން މަސައްކަތް ފަށައިފި
10 ސެޕްޓެމްބަރު 2017

"ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަނައިބު އަނިލް އަށް ވެދުން ކޮށްފި

10 ސެޕްޓެމްބަރު 2017
"ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަނައިބު އަނިލް އަށް ވެދުން ކޮށްފި
13 ޖުލައި 2017

ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

13 ޖުލައި 2017
ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު
06 ޖޫން 2017

ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި

06 ޖޫން 2017
ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި
01 ޖޫން 2017

ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި

01 ޖޫން 2017
ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު