Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި

ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލުކުރުން ދިވެހި ސަރުކާރުން ރަޙުމްކުޑަކޮށް ގަސްދުގައި ނަގާލާފައިވާކަމީ ސަރުކާރުން ލަދުގަންނަން ޖެހޭ ކަމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 00:23
ފާރިސް މައުމޫން:ބޮޑުދައިތާފުޅު ގާތަށް ވަޑައިގަންނަވާކަށް ފުރުސަތެއް ނުލިބުނު

ފާރިސް މައުމޫން:ބޮޑުދައިތާފުޅު ގާތަށް ވަޑައިގަންނަވާކަށް ފުރުސަތެއް ނުލިބުނު

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ބޮޑުދައިތާފުޅު ފަރީޝާ އިބްރާހީމްގެ ގާތައް ވަޑައިގެން ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދިނުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެޕާޓީން އެކަން ކުށްވެރިކޮށްފައިވަނީ ފަރީޝާ އިބްރާހީމް އަވަހާރަވުމާއި ގުޅިގެން އެކަުމުގެ ފުން ހިތާމައިގާ ތައުޒިއާ ކިއުމުގެ ގޮތުން ބުދަދުވަހުގެރޭ ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ބުނެފައިވަނީ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ބައިވެރިވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އަލްމަރްހޫމާ ފަރީޝާ އިބްރާހީމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށާއި އެކަމަނާއަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރާ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މި ދުނިޔެ ދޫކުރެއްވިއިރު އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ، ފާރިސް މައުމޫނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތު ދިވެހި ސަރުކާރުން ރަޙުމްކުޑަކޮށް ގަސްދުގައި ނަގާލާފައިވާކަމީ ސަރުކާރުގެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ހުރިހާ ފަރާތްތައް މިއަދު ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކުގައި ފާރިސް މައުމޫން އާދޭސް ދެންނެވުމުންވެސް ސިޔާސީ މަޤްޞަދެއްގައި މިފަދަ އަނިޔާއެއް ދިނުމަކީ ސަރުކާރުން ކުރި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށާއި މިފަދަ ރަހުމްކުޑަ ލާއިންސާނީ އަނިޔާ ދިނުމަކީ އެއްވެސް ފަރާތަކުން އެއްވެސް މީހެއްގެ މައްޗަށް ހިންގައިގެންވާނޭ ޢަމަލެއް ނޫންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެކަން އެ ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ މިފަދަ އަނިޔާވެރި ނާތަހުޒީބު ޢަމަލުތަކުން ދައްކުވައިދެނީ މިއަދު ދިވެހި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމްދީނުގެ މަތިވެރި ސިފަތައް ނެތްކަން ކަމަށެވެ. އަދި ވެރިކަމާއި ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވެ، ނަފްރަތާއި ރުޅިވެރިކަން އިސްކުރާ ނާތަހުޒީބު ބައެއްކަމަށެވެ.

ފާރިސް ވަނީ އެކިފަހަރު މަތިން އެބޭފުޅާގެ ބޮޑުދައިތާފުޅު އާލާސްކަންފުޅާ އުޅުއްވިއިރު ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފިއްލަވާފާނެކަމަށްޓަކައި ކަމަށެވެ. އެކަމާގުޅިގެން ފާރިސް ވިދާޅުވެފައިވަނީ އަމިއްލަފުޅު ޚަރަދުގައި ފާރިސްއާއެކު ފުލުހުން ގެންދެވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށެވެ. ނަމަވެސް އެފުރުސަތު ސަރުކާރުން ދީފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު