Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުސްތޫރީ ފަސާނާ

"ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަނައިބު އަނިލް އަށް ވެދުން ކޮށްފި

10 ސެޕްޓެމްބަރު 2017 | އާދީއްތަ 08:43

ގާނޫނީ ވަކީލުންގެ ފަރާތުން އޭތްރީ ސައިޒުގެ ގާނޫނު އަސާސީއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 08:43
ގާނޫނީ ވަކީލުންތައް އޭތްރީ ސައިޒުގެ ގާނޫނު އަސާސީ ހިފައިގެން ބަންޑާރަނައިބުގެ އޮފީހަށް ދަނީ

ގާނޫނީ ވަކީލުންތައް އޭތްރީ ސައިޒުގެ ގާނޫނު އަސާސީ ހިފައިގެން ބަންޑާރަނައިބުގެ އޮފީހަށް ދަނީ

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންގެ ފަރާތުން "ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ވެދުން ކޮށްފި އެވެ.

ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން އާދިއްތަ ދުވަހު ވަނީ ބަންޑާރަނައިބުގެ އޮފީހަށް ވަޑައިގަންނަވާފަ އެވެ. ގާނޫނީ ވަކީލުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރެއްވި ޕެޓިޝަން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ވަކީލުން ވަނީ އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައި އޮތް ގާނޫނު އަސާސީއެއް ބަންޑާރަ ނައިބަށް ވެދުން ކޮށްފަ އެވެ.

Advertisement - newsAdvertisement

ބަންޑާރަނައިބުގެ އޮފީސް ހުންނަ ވެލާނާގޭ އިމާރާތުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ ބަންޑާރަނައިބަށް ގާނޫނު އަސާސީއެއް ވެދުން ކުރީ ގާނޫނު އަސާސީއަށް އަމަލުކުރުމުގައި އަދި އަމަލުކުރާކަން ކަށަވަރުކުރުމުގައި ބަންޑާރަނައިބު އަދާކުރައްވަން ޖެހޭ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާކުރަމުންދާތަން ނުފެންނާތީ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ ބަންޑާރަނައިބަށް ގާނޫނު އަސާސީއެއް ވެދުން ކުރީ ވަކީލުންގެ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށާއި ސުޕްރީމް ކޯޓުން ޕެޓިޝަން ބަލައިނުގަތް ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ޕެޓިޝަނާއި ގާނޫނު އަސާސީ ބަލައިގަނެފައިވާ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ގާނޫނު އަސާސީއަށް ވުރެ "ފުޅާ" ނުވެވޭނެ ކަމަށެވެ.

"އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމުގައި ވީނަމަވެސް، ރައީސް އޮފީސް ކަމުގައިވީ ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގައި ވިޔަސް، އަދި ޚުދު ބަންޑާރަނައިބު އަނިލް ކަމުގައި ވީ ނަމަވެސް، ގާނޫނު އަސާސީއަށް ވުރެ ފުޅާ ނުވެވޭނެ އެއްވެސް މީހަކަށް، އަޅުގަނޑުމެން ބޭނުންވީ ބަންޑާރަނައިބަށް މި މެސެޖު ދޭން،" މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ޕެޓިޝަން އަނިލް ވިދާޅުވެލައްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށާއި އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް އުންމީދު ކުރާ ކަމަށެވެ.

ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނު ސުއޫދު ވިދާޅުވީ ބަންޑާރަނައިބު އަނިލް އަށް ވެދުން ކުރި ގާނޫނު އަސާސީއަކީ ވަރަށް ފުޅާ އަދި ބޮޑު ގާނޫނު އަސާސީއެއް ކަމަށާއި އެއްވެސް މާއްދާއެއް އޭގައި އުނިވެފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކުރިން ހުރިހާ މާއްދާއެއް ހަމަތޯ، އަޅުގަނޑުމެންނަށް ބައެއް ބޭފުޅުން ގާނޫނު އަސާސީ ބެއްލެވުމުގައި ބައެއް މާއްދާތައް ފެނިވަޑައިނުގަންނަވާހެން ހީވާތީވެ، ގައިމުވެސް ފެނިވަޑައިގަންނަވާ ސައިޒުގައި ގާނޫނު އަސާސީ މި ހަދިޔާކުރީ" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެހެން މުއައްސަސާއަކަށް ވެސް ގާނޫނު އަސާސީ ނުފެންނަނަމަ މި ސައިޒުގެ ގާނޫނު އަސާސީ އެ މުއައްސަސާއަކަށް ހިލޭ ހަދިޔާ ކޮށްދޭނެ ކަމަށެވެ.

އާންމުކޮށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ 56 ވަކީލެއް ސޮއިކޮށްފައިވާ ޕެޓިޝަނުގައި ވަކީލުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ޝަރީއަތް ކުރެވެމުންދާ ގޮތާއި، ޓެރަރިޒަމުގެ ހަގީގީ މާނަ އޮޅުވާލައިގެން ދައުވާ ކުރުމާއި، މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި، ކުރެވެމުންދާ ހުކުމްތަކާއި، ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުން ފަދަ ކަންތައްތަކަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުމާއި، އެއްވެސް ސަބަބެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ހިންގަމުންދާ ގޮތާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ކަންކަމާ މެދު ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް