Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާނުގެ ޖަވާބު

ގައުމުގެ މިސްރާބު ހުރީ ތަހުޒީބުކަމެއް ނެތް، ބަނަ ދުނިޔެއަކަށް: އިދިކޮޅުގެ ރައްދު ރިޔާސީ ބަޔާނަށް

އެ މިސްރާބަށް ދަތުރުކުރާނަމަ ދިވެހިން ބޭނުންވާ މަންޒިލަކަށް ވާސިލް ނުވެވޭނެ: އިދިކޮޅު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2020 | ބުދަ 07:40
މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު, އަހްމަދު ސަލީމް

މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު, އަހްމަދު ސަލީމް

ދިވެހިރާއްޖޭގެ މިސްރާބު ހުރީ ތަހުޒީބު ކަމެއްނެތް، ބަނަ ދުނިޔެއަކަށް ކަމަށާއި، އެ މިސްރާބަށް ދަތުރުކުރާނަމަ ދިވެހިން ބޭނުންވާ މަންޒިލަކަށް ވާސިލް ނުވެވޭނެ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން އެހެން ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދިން ޖަވާބުގައެވެ. އެ ބަޔާން މަޖިލީހަށް އިއްވަވައިދެއްވީ އިދިކޮޅު ޕީޕިއެމްގެ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

Advertisement - newsAdvertisement

ސަލީމްގެ ވާހަކަ ފެއްޓެވީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރ ޖަލަށް ލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި، ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، މިހާރު ފެންނަމުން ދަނީ ރައްޔިތުންގެ މަޖިލީހުން ސީދާގޮތެއްގައި ވަޒީރުންނަށް އިރުޝާދު ދެމުންދާ މަންޒަރު ކަމަށެވެ.

ސަރުކާރުގެ ހިންގުން ބަލިކަށިވުމާއި ޝަރުޢީ ނިޒާމުގެ ތެރެއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަތްގަދަ ކުރަމުންދާތީވެ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތެއް ނުކުރާ ކަމަށާއި، އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ގެއްލުން ޤައުމަށް ލިބޭނެ ކަމަށް އިދިކޮޅުން ބުންޏެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތައް ފާޑު ވިދާޅުވެ ރިޔާސީ ބަޔަނަށް ޖަވާބު ދެއްވަމުން އޭދަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ، ހާރިޖީ ސިޔާސަތުގެ ބެލެންސް މިހާރުވަނީ ގެއްލިފައި ކަމަށެވެ. ސިޔާދަތަކީ ޤައުމެއްގެ ކަންކަން ނިންމުމަށް އެ ގައުމަށް ލިބިގެންވާ އިހްތިޔާރާއި ބާރާއި އިމްތިޔާޒުތަކާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމާއި ގައުމުގެ ހައިބަތާއި ގަދަރު ހިފެހެއްޓުންކަމުގައި ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ކެނޑެމުންދާކަމުގެ އިހުސާސްތައް މިއަދު ދިވެހިންނަށް ކުރަން ފަށާފައި ކަމަށެވެ.

އަދި ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތިވެދާނެ ކަމަށް ވިދާޅުވިއެވެ. އިދިކޮޅުގެ ރިޔާސީ ބަޔާނުގައި ވަނީ، ވޭތުވެދިޔަ އަހަރު ރާއްޖޭގައި ހިނގާފައި ކަންތައްތަކުގެ މައްޗަށް އަލިއަޅުވަލާއި އެކަން ކަމަށް ފާޑު ކިޔާފައެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އެތައްކަމެއް ހިނގަމުންދިޔައިރު، އެކަންކަމާ ގުޅިގެން އިސްވެ، ސަރުކާރުން ބަހެއް ނުބުނުމަކީ ކުދިންގެ ޙައްޤުތަކާއި އެ ކުދިންގެ އިޙުސާސްތަކާމެދު

ޣާފިލުވެފައިވާކަން އަންގައިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ސަރުކާރުންނާއި ޝަރުޢީ ދާއިރާއިން ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި އެކުދިންގެ ޙައްޤުތައްރައްކާތެރިކުރުމަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތައް އިތުރުކުރުމަށް ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއްވަމުން ސަލީމް ވިދާޅުވިއެވެ.

މިހާރު ދުނިޔެގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ ނުރައްކާއާ ބެހޭ ގޮތުން ރިޔާސީ ބަޔާނުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައަށް އިޝާރަތް ކުރައްވާ ސަލީމް ވިދާޅުވީ، އެ ވަބާއިން ގައުމު ސަލާމަތް ކުރުމަށްޓަކައި އެކަށޭނަ ފިޔަވަޅުތަކެއް ކުރިން އެޅިފައި ނެތްކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށެވެ. ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށާއި ފަތުރުވެރިކަމަށް އަތުވެދާނެ ލޮޅުމަށް ރިޢާޔަތް ކުރައްވައިގެން ސަރުކާރުން ކުރިން ފިޔަވަޅު ނާޅަ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި އުމްރާނީ ތަރައްގީ ފާހަގަކުރައްމުން ރިޔާސީ ބަޔާނުގެ ޖަވާބުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމް ރައްޔިތުންނަށް ޔަޤީން ކޮށްދިނުމަކީ، ރައީސް ޔާމީންގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްނުވެ ހުރ ރަށްތަކަށްއެ ޚިދުމަތްތައް ފޯރުކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، އެފަދަ މަޝްރޫއުތައް ފެނިގެންދާތަން ނުފެންނަ ކަމަށެވެ.

އިދިކޮޅުން ރިޔާސީ ބަޔާނަށް ދިން ޖަވާބު ނިންމާލަމުން ޕީޕީއެމްގެ ޕަލިމެންޓަރީ ގްރޫޕުގެ ލީޑަރު ވިދާޅުވީ، ރައްޔިތުންނަށް ސަރުކާރުންވީ ވައުދުތައް ނުފުއްދި، ޤައުމުގެ އިގްތިސާދު ހީނަރުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ.

ސަލީމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ދަނީ މައްސުނިވަމުން ކަމަށާއި، ސިޔާސީ ނުފޫޒާހުރެ ވަޒީފާގެ ބިރުވެރިކަން ދަނީ އިތުރުވަމުން ކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނައު ދަތުރުކޮށްފައިވާ މިސްރާބަށް ބަލާއިރު ފެންނަނީ ރާއްޖޭގެ ސިޔާދަތީ ބާރު ކެނޑި، މަލްޓިޕާޓީ ޑިމޮކްރަސީގެ ނިރުހަނާވަމުންދާ މަންޒަރު ކަމަށެވެ.

ގައުމުގެ މި ހާލަތު ބަދަލު ކުރުމަށް ރައްޔިތުންގެ ހައްގުގައި ރައްޔިތުންނާއެކު މަސައްކަތްކުރާ ބައެއްގެގޮތުގައި އިދިކޮޅުން އަބަދުވެސް ތިބޭނެ ކަމަށް ރިޔާސީ ބަޔާނަށް ދިން ޖަވާބު ނިންމާލަމުން ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު