Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާނުގެ ޖަވާބު

ޞިއްޙީ މަރުކަޒުތައް، ހޮސްޕިޓަލްތަކަށް ބަދަލު ނުކުރެވުމަކީ ސަރުކާރުގެ އިތުބާރު ގެއްލުނުކަމެއް: ސަލީމް

ޞިއްޙީ ގޮތުން ރަށްރަށުގައި ލިބެންހުރި ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަންޖެހޭ: ސަލީމް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 26 ފެބުރުއަރީ 2020 | ބުދަ 05:15
މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު, އަހްމަދު ސަލީމް

މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު, އަހްމަދު ސަލީމް

ޞިއްޙީ މަރުކަޒުތައް، ހޮސްޕިޓަލްތަކަށް ބަދަލު ނުކުރެވުމަކީ ސަރުކާރަށް ކުރަމުންދިޔަ އިތުބާރު ގެއްލުނުކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން އެހެން ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދިން ޖަވާބުގައެވެ. އެ ބަޔާން މަޖިލީހަށް އިއްވަވައިދެއްވީ އިދިކޮޅު ޕީޕިއެމްގެ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސަލީމް އެވެ.

ސަރުކާރުން ދެމުންދާ ސިއްހީ ހިދުމަތާއި، ރައީސް ޔާމީންގެ ވެރިކަމުގައި ސިއްހީ ނިޒާމު މިނެކިރަމުން ސަލީމް ވިދާޅުވީ، ސީއެމްބިއުލާންސްގައި، އާސަންދައިގެ އެހީގެ ދަށުން ކުރެވޭނެ ނިޒާމެއް ޔާމީންގެ ޒަޢާމަތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމު ކުރެއްވި ކަމަށެވެ. އެކަމަކު ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ސީއެމްބިއުލާންސްގެ ޚިދުމަތް މިހާރު ހުއްޓިފައި އޮތުމަކީ ރައްޔިތުން ނުހަނު ގިނަގުނަ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

ހުރިހާ އަތޮޅެއްގައިވެސް އެމްބިއުލާންސްގެ ހިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައްވަމުން ސަލީމް ވިދާޅުވީ، މިދިޔަ އަހަރު ގާއިމްކުރާނެ ކަމަށް ސަރުކާރުން ވަޢުދުވި ޞިއްޙީ މަރުކަޒުތައް، ހޮސްޕިޓަލްތަކަށް ބަދަލު ނުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވިކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރަށް ކުރަމުންދިޔަ އިތުބާރު ގެއްލުނު ކަމެއް ކަމަށެވެ. ސަލީމް ވިދާޅުވީ ޞިއްޙީގޮތުން ރަށްރަށުގައި ލިބެންހުރި ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަންޖެހިފައިވާ ކަމަށެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފަސް ޞަރަހައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ތަރައްޤީކުރުމުގެ އިތުރުން އެހެން ޞަރަޙައްދުތަކުގައިވެސް އިތުރު ހޮސްޕިޓަލްތައް ބިނާކުރެވިގެންދާނެ ކަމަށާއި، އެކަން މިހާރު ވެސް ވަކިޕްލޭނެއްގެ ދަށުން ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ރާއްޖެއެމްވީ އަށް މީގެކުރިން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ މި ސަރުކާރުގެ ތަޞައްވުރެކެވެ. އެގޮތުން ހެލްތު މިނިސްޓަރ ވެސް ވިދާޅުވެފައިވަނީ އެއްގަމު އެއްބިއުލާންސާއި ސީ އެމްބިއުލާންސް އަދި އެއަރ އެމްބިއުލާންސާ ހަމައަށް ދިއުމަކީ ތަޞައްވުރެއް ކަމަށެވެ.

ސަލީމް ވިދާޅުވީ ބަލިމީހާއަށް ލިބެންޖެހޭ ޞިއްޙީ ފަރުވާ އަވަހަށް ލިބުމަށް ހުރަސް އެޅޭ، އަދި ރައްޔިތުންގެޖީބުން އެތައް ހޭދައެއް ކުރަންޖެހޭކަމެއްކަމަށެވެ. އެހެންކަމުން ހުރިހާ އަތޮޅެއްގައި ވެސް މިދެންނެވި ޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ސަލީމް އެދިލެއްވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު