Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ހުށަހަޅައިފި

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2020 | އަންގާރަ 09:13
މާރުކޭޓް- ރާއްޖޭގައި ކާނާގެ ފުދުއްތެރިކަން އިތުރުކުރުމަށް މެމްބަރުން ވަނީ އިލްތިމާސްކޮށްފައި

މާރުކޭޓް- ރާއްޖޭގައި ކާނާގެ ފުދުއްތެރިކަން އިތުރުކުރުމަށް މެމްބަރުން ވަނީ އިލްތިމާސްކޮށްފައި

ދަނޑުވެރިކަމާއި ބެހޭ ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ މުހިންމުކަމާއި އެކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކިކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކަށް އިލްތިމާސްކުރުމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް އިލްތިމާސްކުރުމަށް ހުށަހަޅާފައިވަނީ ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީ ޤަރާރު ދިރާސާކުރި އިގްތިޞާދީ ކޮމިޓީން މިގަރާރު ދިރާސާކުރުމަށްފަހު ހުށަހަޅާފައިވާ ކޮމިޓީ ރިޕޯޓުގަ އެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދެވެ.

އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ ދިވެހިރާއްޖޭގައި ކާނާގެ ފުއްދުންތެރިކަން ޤާއިމްކޮށް، ބޭރުގެ ދައުލަތްތަކަށް ބަރޯސާވުން ކުޑަކުރުމަށާއި، ކާނާގެ ގޮތުން ރައްކާތެރިވެ އަދި ފުއްދުންތެރިވުމަށާއި އަލަށް ކާންފަށާ ތުއްތު ކުއްޖާގެ ކާނާއާއި ސްކޫލަށްދާ ކުދިންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދިނުމެވެ. މީގެއިތުރުން އެކަން ފުރިހަމަ ކުރުމުގައި ދަނޑުވެރިކަމުގެ ނިޒާމު ރަނގަޅުކޮށް، އެ ދާއިރާ ކުރިއަރުވައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ދަނޑުވެރިކަމުގައި އަންހެނުން ބާރުވެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ޤަރާރުގައި އިލްތިމާސްކޮށްފައިވެ އެވެ.

މިގަރާރު ކޮމިޓީން ދިރާސާ ކޮށްފައިވާއިރު ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން ދޫކޮށްފައިވާ ބައެއް ފަޅު ރަށްތަކުގައި އެކަށީގެންވާ މިންވަރަށް ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން ނުދާކަމަށެވެ. އަދި އެރަށްރަށުގައި އެކަށީގެންވާ މިންވަރަށް ދަނޑުވެރިކަން ކުރަމުންދާނަމަ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ކާބޯތަކެތީގެ މިންވަރު މަދުކުރެވޭނެ ކަމަށާއި، އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅު ރަށްރަށުގެ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާކަމާއެކު މިނިސްޓްރީން ވިލަރެސް ކުރަންވާނެކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ބޮޑެތި އާބާދީތަކުގައި ބިން ހުރި ރަށްރަށުގައި ދަނޑުވެރިކަން ފުޅާ ކުރެވޭނެގޮތަށް ޕްލޭންކޮށްގެން އޯގަނިކް ފާމިންގ ފަދަ ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ރާއްޖޭގައި ބައްޓަން ކުރެވެން ޖެހޭކަމަށާއި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އެފަދަ ކަންކަމުން ސްކޫލްތަކުގައި މިހާރު ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދިވެހި ރާއްޖެއަކީ މޫސުމީ ބަދަލުތަކުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ ޤައުމަކަށް ވާތީ، ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރުގައި ރަށްރަށަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވުމުން، ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި ރަށްރަށުން ލިބުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ ކާޑުގެ ބާވަތްތައް ގުދަންކޮށް ބެހެއްޓުން އެއީ މާލޭގައި އެކަނި ކުރެވޭ ކަމަކަށް ނުހެދުން މުހިންމުކަން ފާހަގަކުރައްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާޑުގެ ބާވަތްތައް ގުދަންކުރެވިގެން ރައްޔިތުންނަށް ލުއިފަސޭހަކޮށް އެތަކެތި ލިބޭނެ ގޮތްތަކެއް ރާވަން ޖެހޭކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރުން އިސްނަގައިގެން ދަނޑުވެރިކަމަށް ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީ ތަޢާރުފްކޮށް، ރައްޔިތުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަސްކޮށްދީ، އަދި ދަނޑުވެރިކަމަށް ބޭނުންވާ އެކިއެކި ކަންތައްތައް ދިރާސާކުރުމަށްޓަކައި ރިސަރޗް ސެންޓަރެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ކޮމިޓީން ފާހަގަކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ރަށްތައް ފާހަގަކޮށް، އެ ރަށްރަށަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ފުޑް ސެކިއުރިޓީ ރަނގަޅަށް ޤާއިމްކުރަން ޖެހޭކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު