Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނުގެ ކަފާލާތުގެ ނިންމުން މުރާޖައާ ކޮށްދެވެން ނެތްކަމަށް ނިންމައިފި

24 ފެބުރުއަރީ 2020 | ހޯމަ 10:27

އިސްތިއުނާފީ 74 ނުކުތާއެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ފެބުރުއަރީ 2020 | ހޯމަ 10:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލުމުގެ ޢަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން މުރާޖަޢާ ކުރަންޖެހޭ ސަބަބެއް ނެތް ކަަމަށް ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފު މައްސަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްދެއްވުން އެދި ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ، ރައީސް ޔާމީން ޖަލުން ދޫކޮށްލުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއް ނެތްކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއްވެސް ނެތް ކަމަށެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވިދާޅުވީ، ކަފާލާތުގެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި ރައީސް ޔާމީނުގެ ފަރާތުން ސިޓީއަކުން ހުށައަޅުއްވާފައިވާ ކަމަށާއި، ނަމަވެސް ޝަރީޢަތުން ބެލި ބެލުމުން އެފަދައިން ބެއިލް ނިންމުން މުރާޖަޢާ ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އޭގެ އިތުރުން، މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތަށް ރައްދުވާ މި މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާ އިސްތިޢުނާފީ ނުކުތާތައް ހުށައަޅާފައެވެ. އެގޮތުން އިސްތިޢުނާފީ 74 ނުކުތާއެއް ހުށައަޅާފައިވާއިރު، އޭގެތެރެއިން 10 ނުކުތާއެއް މިއަދުގެ އަޑުއެހުމުގައި ވަނީ ތަފުޞީލު ކޮށްދީފައެވެ.

ޝަރީޢަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވީއިރު އިސްތިޢުނާފީ ނުކުތާތަކުގެ ތެރެއިން 10 ނުކުތާއެއް ވަނީ ތަފުޞީލުކޮށްދީފައެވެ. އެގޮތުން ނުކުތާތަކުގެ ތަފުޞީލުގައި މި މައްސަލައިގައި އޭސީސީއާ ފުލުހުން ގުޅިގެން ހިންގަން ޖެހެނީ ޖިނާޢީ ތަހުޤީޤެއް ކަމަށާއި، ނަމަވެސް ހަމައެކަނި ފުލުހުންގެ ތަހުޤީޤުގެ މައްޗަށް ބިނާކޮށްފައިވާތީ މިއީ ބާޠިލު ތަހުޤީޤެއްކަން ރައީސް ޔާމީނުގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިން ކަމަށް ކުރެވޭ ތުޙުމަތުގައި ކަމަށްވާއިރު، ދަޢުވާކޮށް ކުށް ސާބިތުކޮށްފައިވަނީ މަނީ ލޯންޑަރިންގއަށް ކަމަށްވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ބާކީ ހުރި ނުކުތާތަކުގެ ތަފުޞީލު ބަޔާންކުރުން އަންނަ މާރޗު މަހުގެ 3 ވަނަ ދުވަހު އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ. އޭގެ އިތުރުން، މާރޗު 5 ގައި ދައުލަތުން ޖަވާބު ހުށައަޅަން އަޑުއެހުމެއް ބާއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް