Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނާއި ނަރުދަމާ

ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރަން ބަޔަކު ހޯދަނީ

މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްލޮޓު ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަންހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބިގެންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ފެބުރުއަރީ 2020 | އާދީއްތަ 14:18
ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަނީ

ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަނީ

ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ދިވެހި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި، މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއް ލޮޓު ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަން ހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ. ކޮނޑޭ. ގދ.ރަތަފަންދޫ، ހއ.މޮޅަދޫ، ލ.މުންޑޫ، މ.ވޭވަށް، ތ.އޮމަދޫ، އއ.ބޮޑުފުޅަދޫ، ދ.ރިނބިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހދ.ނައިވާދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން އިޢުލާންކޮށްފައިވާ އިރު، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލި، ދ.މާއެނބޫދޫ، ފ.ފީއަލި، ހއ.އުތީމު، ލ.ދަނބިދޫ، ރ.ރަސްމާދޫ، ރ.މާކުރަތު، ތ.ވޭމަންޑޫ އަދި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ އިޢުލާން ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުގެ މަތިންނެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މިބީލަމުގައި ބައިވެރިވުމަށް 1,500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 20 ފެބުރުއަރީ 2020 އިން 11 މާރިޗު 2020 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.

އަދި މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 23 ފެބުރުވަރީ 2020 އިން ފެށިގެން ސޮފްޓް ކޮޕީ ފޯރމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިންވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފައެވެ. އެ ރަށްތަކަކީ ބ.ދޮންފަނާއި، ބ.ފެހެންދޫއާއި ބ.ފުޅަދުއާއި ބ.ކިހާދޫއާއި ބ.ކުޑަރިކިލާއި، ށ.ބިލަތްފެއްސާއި، ނ.މަގޫދޫ އަދި ށ.ނޫމަރާގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ކ.ތުލުސްދޫއާއި، ނ.ލަންދޫއާއި، ނ.މިލަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
07 ޖޫން 2017

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު