Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޖީއެމްއެޗް

ހޮސްޕިޓަލުންދޭ ޚިދުމަތަކާއި މެދު ޝަކުވާއެއް އޮތްނަމަ ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހަޅާ: އައިޖީއެމްއެޗް

ހުއްދަ ނެތި މުވައްޒަފުންގެ ފޮޓޯ ނެގުމަކީ މަނާކަމެއް ކަމަށް ބަޔާނުގައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2020 | ހޮނިހިރު 14:36
އައިޖީއެމް ހޮސްޕިޓަލް

އައިޖީއެމް ހޮސްޕިޓަލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ރައްޔިތުންނަށްދޭ އެއްވެސް ޚިދުމަތަކާމެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުވައްޒަފަކު ޢަމަލުކުރި ގޮތަކާމެދު ސުވާލުއުފެދޭ ކަމެއް އޮތްނަމަ، އެކަން އެ ހޮސްޕިޓަލަށް ނުވަތަ ރާއްޖޭގެ ކަމާއި ބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޮނިހިރު ދުވަހު އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުން އަދި މެޑިކަލް/ ޓެކްނިކަލް ހުރިހާ މުވައްޒަފުންނަކީވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކުން ޤަބޫލުކުރާ ތަޢުލީމާއި، ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާއި ބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާނުތަކާއި އެހެނިހެން އިޖުރާޢަތްތައް ފުރިހަމަކޮށް، ރާއްޖޭގެ މިކަމާއިބެހޭ ކައުންސިލްތަކުގައި ރަޖިސްޓްރީވެފައިވާ ޤާބިލުފަންނީ މުވައްޒަފުން ކަމަށެވެ.

Advertisement - newsAdvertisement

ބޭހެއް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކަށަވަރު ކުރުމުގެ ގޮތުން ޞިއްޙީ ޚިދުމަތްތެރިން ރިޢާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރ/ އެޕް ތަކާއި މެޑިކަލް ކަލްކިއުލޭޓަރ ފަދަ ވަޞީލަތްތައް ހުންނައިރު މިއިން ވަޞީލަތެއްގެ ބޭނުން މުވައްޒަފެއް ހިފުމަކީ އެއްގޮތަކަށްވެސް އެ މުވައްޒަފެއްގެ ޤާބިލުކަމާއި މެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ފަރުވާގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާކަމުގެ ހެއްކެއް ކަމަށް ބަޔާނުގައި ވެއެވެ.

އަދި މިއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުޙީބުދޭ ކަމެއްް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

"ސިއްޙީ ޚިދުމަތްތެރިންނަކީ ވަރުބަލި ކަމެއްނެތި އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އިންސާނީ ޤައުމީ ޚިދުމަތުގައި ތިބޭ ބައެއް ކަމުގައި ވީހިނދު އެއްވެސް ކަހަލަ އަސާސެއް ނެތި މިފަރާތްތަކުގެ ޤާބިލިއްޔަތާއި މެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މސައްކަތަކީ، އަދި މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރު ކުރުމުގެ ގޮތުން ކުރާ އެއްވެސް ޢަމަލަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަންކަން ނޫންކަމުގައްޔާއި އަދި މިފަދަ ޙާލަތްތަކުގައި ކަމާއި ބެހޭ ޤާނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި މުވައްޒަފުންނަށް ލިބިދެވޭ އިޚްތިޔާރުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސް ނުޖެހޭނެ ކަމުގައިވެސް ދަންނަވަން" ބަޔާނުގައި ވެއެވެ.

ހުއްދަނެތި މުވައްޒަފެއްގެ ނުވަތަ އެނޫންވެސް ފަރާތެއްގެ ފޮޓޯ ނަގައި ޢާއްމު ނުކުރެވޭއިރު، ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމް ފަދަ ތަންތަނުގެ ފޮޓޯ ނެގުންފަދަ ކަންކަމަކީވެސް، ދުނިޔޭގެ ގިނަ ހޮސްޕިޓަލްތަކުގައިވެސް މިކަން އޮންނަ އުޞޫލުން ޒަމާނުއްސުރެ އަބަދުވެސް މަނާކޮށްފައިވާ ކަމެއް ކަމުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު