Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިމަމް ވޭޖް އަދި ސާރވިސް ޗާރޖު

މިނިމަމް ވޭޖާއި ސަރވިސް ޗާރޖުގެ މައްސަލަ ހައްލުކުރާނަން، އެއީ އެހެން ޕާޓީއަކަށް ވާނެ ކަމެއް ނޫން: ރައީސް ނަޝީދު

22 ފެބުރުއަރީ 2020 | ހޮނިހިރު 11:49

ރިސޯޓްތަކުގެ މުވައްޒަފުންގެ އުއްމީދުތައް އޮތީ އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ފެބުރުއަރީ 2020 | ހޮނިހިރު 11:49
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕޯސްޓަރު ހަރުކުރުމުގެ ކެމްޕެއިން ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕޯސްޓަރު ހަރުކުރުމުގެ ކެމްޕެއިން ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިނިމަމް ވޭޖާއި ސަރވިސް ޗާރޖުގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށާއި، އެއީ އެހެން ސިޔާސީ ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރި ޖަލްސާއަށް ފަހު، ހޮނިހިރު ދުވަހު އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ބިނާވެފައި އޮންނާނީ ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދާދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ދެކަމެއްގެ ވާހަކަ އަބަދުވެސް ދައްކަމުން އަންނަކަމަށާއި، އެއްކަމަކީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށާއި، އަނެއް ކަމަކީ ސަރވިސް ޗާރޖު ބަރާބަރަށް ދެވޭނެގޮތް ހޯދުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ދެކަންތައް ކަނޑައެޅުމުގައި ލަސްވެފައި ވަނީ، ފުރަތަމަ ކަމަކަށް ޖުޑީޝަރީ އިޞްލާޙު ކުރުން ހިމެނޭތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ދިޔައީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ޤާނޫނުތައް ބާޠިލުކޮށް، ސުޕްރީމް ކޯޓުގެ އިހުތިޞާޞުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ތެރެއަށް ވަންނަމުން ކަމަށްވާތީ، ފުރަތަމަ ކަމަކަށް ޖުޑީޝަރީ އިޞްލާޙު ކޮށްގެން ނޫންގޮތަކަށް ކުރިއަށް ވަޑައިގެންނެވެން ނެތް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަދި ޖުޑީޝަލް ސަރވިސް ޤާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިމަމް ވޭޖަކީ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ވަޢުދެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް ސަރުކާރުގެ ފަސް އަހަރު އެޕާޓީން ގެންގުޅުނު، ރިސޯޓުތަކުގެ މުވައްޒަފުންނާ ގުޅޭ ސިޔާސަތަކީ ރިސޯޓުތަކުގެ ޙިއްސާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭން ބުނި ވަޢުދު ކަމަށާއި ނަމަވެސް ޕީޕީއެމްގެ ފަސް އަހަރުގެ ދައުރު ނިންމާލިއިރު އެކަން ނުވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިންތިޚާބެއްގައި ވެސް އެމްޑީޕީއަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ވަރަށް ބޮޑު ތާޢީދެއް ލިބިފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުގެ މުވައްޒަފުންގެ އުއްމީދުތައް ޙާޞިލުކޮށްދޭނެ ބަޔަކީވެސް އެމްޑީޕީ ކަމަށާއި، އެމްޑީީޕީގެ ސިޔާސަތުތައް ވެސް ރިސޯޓުތަކުގެ މުވައްޒަފުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ރިސޯޓުތަކުގެ މުވައްޒަފުންގެ އުއްމީދުތައް އެމްޑީޕީގެ "އެޖެންޑާ 19"ގެ ދަށުން ޙާޞިލު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް