Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް

ސިންގަލްސް ބައިގެ ޗެމްޕިއަންކަން ފާއިހާއި އަޔާނީއަށް

22 ފެބުރުއަރީ 2020 | ހޮނިހިރު 06:16

މިއަހަރުގެ މުބާރާތުގައި 105 ކުޅުންތެރިން ވާދަކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ފެބުރުއަރީ 2020 | ހޮނިހިރު 06:16
މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލް ހޯދިއިރު، އަންހެން އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އަޔާނީ މޫސާ ކަލީމް ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ދިޔައީ މި މަހުގެ 13 އިން 20 ގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތްވެސް ރާވާ ކުރިއަށް ގެންދިޔައީ އަކޫ އެކަޑަމީންނެވެ.

މުބާރާތުގެ ފިރިހެން އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ފާއިހް ހޯދީ ފައިނަލްގައި އާމިރު މަންސޫރު ބަލިކުރުމަށްފަހު އެވެ. އަދި އަންހެން އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އަޔާނީ ހޯދީ ފައިނަލްގައި ޒެއިނާ އަބްދުލް ރަޝީދު ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން މި މުބާރާތުގެ ފިރިހެން އޯޕަން ޑަބަލްސް ބައިގެ ޗެމްޕިއަންކަން މުހައްމަދު ފަޒީހާއި އަހުމަދު އަކުރަމްގެ ޕެއަރ ހޯދިއިރު، އަންހެން އޯޕަން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އަޔާނީ އާއި ޒެއިނާގެ ޕެއަރ އިންނެވެ.

މިއަހަރުގެ މުބާރާތުގައި 105 ކުޅުންތެރިން ވާދަކުރި ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އެއީ ފިރިހެން 48 ކުޅުންތެރިންނާއި، އަންހެން 57 ކުޅުންތެރިންނެވެ.

މިއަހަރުގެ މުބާރާތުގައިވެސް ކުރިއަށްދިޔައީ 8 އަހަރުން ދަށާއި، 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 18 އަހަރުން ދަށާއި، 45 އަހަރުން މަތީގެ ސިންގަލްސް އަދި ޑަބަލްސް އަދި އޯޕަން ބައިގެ ކުޅުމެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ ސަބަބުން އުމުރުފުރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ، ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޓެނިހުގެ މަގުބޫލުކަން އިތުރުވެގެންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް