Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހި ފަތިސް - ނަޝީދު

މާލެ ހަލާކު ކޮށްލުމުގެ މޭސްތިރިޔަކީ "ހޮޅި" މުއިއްޒު: ނަޝީދު

މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ކުރިމަތިލައްވަނީ މުއިއްޒު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 22 ފެބުރުއަރީ 2020 | ހޮނިހިރު 04:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު،

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު،

މި މާލެ މިފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުގެ ފަރާތުން ކުރިމަތިލައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް ފަސްފަހަރު ބަދަލުގެނައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ފަސް އަހަރު ކައުންސިލްތަކުން ބާރުތައް ނަގާ، އެބާރުތައް އަނެއްކާވެސް އަލުން ރައިސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ގެންނެވި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒުއަށް ރައީސް ނަޝީދު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ވަޒީރުކަމުގައި ހުންނަވައިގެން މާލެއަށް ކުރެއްވި ކަންތައްތައް ދިވެހި ރައްޔިތުންގެ ހަނދާނުން ފިލައިގެން ދާނެތޯ ނަޝީދު ސުވާލު ކުރެއްވިއެވެ. ނަޝީދު ވިދާޅުވީ ފަސް އަހަރު ވަންދެން ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނެގުމަށްފަހު ކައުންސިލް އިންތިހާބަށް ކުރިމަތިލައްވަން މުއިއްޒު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މުއިއްޒުއަކަށް މާލެ މީހަކު ވޯޓެއް ނުދޭނެ ކަމަށާއި އެއީ މާލެ ހަލާކު ކޮށްލުމުގެ މޭސްތިރިޔަކީ އޭނާ ކަމަށް ވާތީ ކަމަށެވެ. ގޯތި ދިނުމުގެ ލިސްޓުގެ މައްސަލައާއި މުއިއްޒުގެ "އައުވާނުންނަށް'" 7000 ގޯތި ދިން މައްސައަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ އެކަންކަން "އޯކޭ" އެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު