Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

އެއްގަމުތޮއްޓަށް އެކަނި ޑިމާންޑުކޮށްގެން ތަރައްގީއާ ހަމައަށް ވާޞިލުވެވެން ނެތް: އަލީ ނިޒާރު

ތަރައްގީ ބޭނުންވާނަމަ ރައްޔިތުންގެ ވިސްނުން ބަދަލުވާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2020 | ހުކުރު 18:03
އައްޑޫ ސިޓީގެ ޖަލްސާގެ ތެރެއިން

އައްޑޫ ސިޓީގެ ޖަލްސާގެ ތެރެއިން

އެއްގަމުތޮއްޓަށް އެކަނި ޑިމާންޑުކޮށްގެން ތަރައްޤީއާ ހަމައަށް ވާޞިލުވެވެން ނެތް ކަމަށާއި، އަތޮޅުތެރޭގެ ރައްޔިތުންގެ ވިސްނުން އެކީ ބަދަލުކުރަންޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެންޕޭން ފެށުމަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މީހުންގެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށާއި، އަތޮޅުތެރޭގެ ރައްޔިތުން ތަރައްޤީ ލިބިގަތުމަށް ދައްކާ ވާހަކައާ އެމީހުން ކަންކަން ކުރާ ގޮތް ބަދަލުވާންޖެހޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ ރާއްޖޭގެ ބަޖެޓުގެ ނިޞްބަތަކީ 40 ބިލިއަން ދިވެހި ރުފިޔާ ކަމަށެވެ. ނަމަވެސް ރައްޔިތުން ދިރިއުޅެމުން ދިޔައީ އަސާސީ މިންވަރު ނެތިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަސާސީ މިންވަރަށް ސަލާން ޖަހާ އެއަށް ވަކާލާތުކޮށް، އެއަށް އާދޭސް ކުރާ އެތައް ހާސް ރައްޔިތުންނެއް މިރާއްޖޭގައި އެބަތިބި ކަމަށެވެ. ނިޒާރު ވިދާޅުވީ މިކަންކަމުން އެއްފަރާތްވެ މިކަންކަމުން ދުރުވުމަށް މިހާރުގެ ޕްލޭންތަކާއި، ސިޔާސަތުތަކައް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ.

އެގޮތުން، އަތޮޅުތެރޭގެ ރަށްރަށުގައި 50 މީހުން ދިރިއުޅުނު ނަމަވެސް އެރަށެއް ތަރައްޤީވާން ޖެހޭ ކަމަށާއި، އެއީ ރަށްރަށުގެ މުސްތަޤުބަލަށް ކުރަންޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އާބާދީ މަދު ރަށްތައް ތަރައްޤީ ނުކުރުމަށް ނުވަތަ ދެކޮޅު ހެދުމަކީ ބޯދާ ވިސްނުމެއް ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ނިޒާރު ވިދާޅުވީ، ރައްޔިތުންނަށް ޙައްޤު މިންވަރާ ގާތަށް އައްޑޫ ސިޓީއަށް ޚިދުމަތްތައް ނުލިބޭ ކަމަށާއި، އެއީ ސިޔާސަތުތައް ފެއިލްވެފައިވާކަމުގެ ނިޝާން ކަމަށެވެ. އައްޑޫގެ މަގުތައް ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ފުރިހަމަ ކުރެވިފައިނުވާކަންވެސް ނިޒާރު ފާހަގަކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ މި މައްސަލަތަކަށް ޙައްލުގެނައުމަށް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީއަށް ލިބެންޖެހޭ ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް ބާރުތައް ދޫކޮށްލީ އެމްޑީޕީ ކަމަށާއި، މުޅި ރާއްޖޭގެ މައްސަލަތަކަށް ޙައްލު ހޯދައިނުމަށް މަސައްކަތް ކުރި ހަމައެކަނި ޕާޓީއަކީ، އެމްޑީޕީ ކަމަށްވާތީ ކަމަށެވެ. އަދި އަންހެނުން ބާރުވެރިކޮށް، ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ހޯދައިދިނީ ވެސް އެމްޑީޕީއަށްވާތީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު