Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްރު ހެކިބަސް ނެގުން

ސިއްރު ހެކިބަސް ނެގުމާމެދު ގޮތެއް ނިންމުން ލަސްވުމާއި ގުޅިގެން ޖިނާޢީ މައްސަލަތައް ލަސްވުމަކީ ކަންބޮޑުވާކަމެއް: ޕީޖީ

20 ފެބުރުއަރީ 2020 | ބުރާސްފަތި 12:50

އެ މައްސަލަ ފެންމަތިވީ ފަނޑިޔާރު އަބްދުﷲ ސައީދުއަށް ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2020 | ބުރާސްފަތި 12:50
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޖިނާޢީ މައްސަލަތަކުގައި މިހާރު އޮންނަ ގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން އިލްތިމާސް ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުން ލަސްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ދައުރުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވެ ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ޕީޖީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނަ ކަމަށެވެ.

އެގޮތުން 1976 ވަނަ އަހަރު ޢަމަލުކުރަން ފެށި ހެއްކާއި ބެހޭ ޤާނޫނަށް މިހާތަނަށްވެސް އިސްލާޙެއް އައިސްފައިނުވާއިރު، އެ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޖިނާއީ އިޖުރާޢަތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ޤާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ޤާނޫނު އެކުގައި ކިޔާއިރު ސިއްރު ހެކިބަހުގެ އުޞޫލު ރަނގަޅުކަމަށް ނުފެންނާތީ ޙުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާކަމަށް ޕީޖީވެސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ސިއްރު ހެކިން ހިމެނޭ ޖިނާޢީ މައްސަލަތައް ލަސްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު، މައްސަލަ އަވަސް ކޮށްދެއްވުން އެދި ކޯޓަށް ސިޓީވެސް ހުށައަޅާފައިވާ ކަމަށެވެ.

ހައިކޯޓުގެ ޙުކުމް އިލްތިމާސް ކޮށްފައިވާތީ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ސިއްރުން ހެކިންގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުންވެސް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން ލިޓަސް ސަރވިސް ސެންޓަރުގައި މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދާދި ފަހުން ބޭއްވި އަޑުއެހުމުގައިވެސް ދިފާޢީ ވަކީލުން ވަނީ އެކަމުގެ ކަންބޮޑުވުން ޝަރީޢަތަށް ޙިއްސާކޮށްފައެވެ. އަދި ދައުލަތުންވެސް ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމުން އަވަސް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާކަން ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް