Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް 3000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

20 ފެބުރުއަރީ 2020 | ބުރާސްފަތި 13:51

ވޯޓު ކަރުދާހުގައި ހަތަރު ވޯޓު ހިމެނޭނެ، އެހެންނަމަވެސް ކެންޑިޑޭޓުންގެ ނަމްބަރުތައް ތަކުރާރެއް ނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ފެބުރުއަރީ 2020 | ބުރާސްފަތި 13:51
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަ ކުރުމަށްޓަކައި ހުޅުވާލި ފުރުޞަތު ބުރާސްފަތި ދުވަހު (މިއަދު)ގެ ހަވީރު 4:00 އަށް ސުންގަޑި ހަމަވީއިރު 3،000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އާއި، އެކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް "ރާއްޖެޓީވީ"އަށް ބުރާސްފަތި ދުވަހު ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، ބުރާސްފަތި ދުވަހުގެ 15:00 ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން އެއްގަޑިއިރު އިތުރުކޮށް، ހަވީރު 04:00 ޖަހަންދެން ފޯމު ބަލައިގަތް ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލި ކަމަށެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވެސް ސިޔާސީ ޕާޓީތަކުން ވާދަ ކުރުމަށް ބޭނުންވާތީއާއި ޕްރައިމަރީ ބާއްވަން ޖެހޭތީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަސް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 982 މަޤާމަށް 3000 އެއްހާ ފޯމު މިވަގުތާ ހަމައަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަން އިލެކްޝަނާއި ބެހޭ ޤާނޫނާއި، އަދި އެ ކޮމިޝަނުން ކަންކަން ތަރުތީބު ކޮށްފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިޢުލާން ކުރާނެ ކަމަށެވެ. އަދި ހަތަރު ވަނަ ދުވަހު ކެންޑިޑޭޓުންގެ ގުރުއަތުލުންވެސް ކުރިއަށް ދާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ލަމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވޭ ވަރަށް ތަފާތު އިންތިޚާބެކެވެ. މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ތާފަތުކޮށް، މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރު ކަމުގެ މަޤާމާއި، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމާއި، ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ބޭފުޅުން އިންތިޚާބު ކުރާނީ، އެ މަޤާމުތަކަށް ކުރިމަތިލި ކެންޑިޑޭޓުންނަށް ވޯޓުދީގެން ނެވެ. އަންހެނުންނަށް ކައުންސިލްތަކުގެ 33 އިން ސައްތަ ޚާއްޞަކޮށްފައިވާއިރު، ބޮޑެތި ބާރުތަކެއްވެސް ކައުންސިލްތަކަށް ދީފައިވެއެވެ. އަދި މާލީ ބާރުވެރިކަން ވެސް ކައުންސިލްތަކަށް ދީފައިވާއިރު، ކައުންސިލްތަކުގެ އުމުރު ވެސް ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް