Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ހުނަރުވެރި ޖީލެއް ބިނާކުރުން: ރައީސް ސޯލިހު

19 ފެބުރުއަރީ 2020 | ބުދަ 20:59

ސްކޫލު މަރުހަލާގައި ދަރިވަރުންގެ ހުނަރާއި ފަންނުތައް ދެނެގަނެގަތުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2020 | ބުދަ 20:59
ރައީސް ސޯލިހު ދ. ރިނބިދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ސަލާމްކުރައްވަނީ

ރައީސް ސޯލިހު ދ. ރިނބިދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ސަލާމްކުރައްވަނީ

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުންކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލީހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރިނބިދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހުގެރޭ އެސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ސާނަވީ އާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދިނީ ވެސް މި މުހިންމު މަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ. މިޒަމާނުގެ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތައުލީމެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސްކޫލު މަރުހަލާގެ އެންމެ މުހިންމުއެއް ކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެހުނަރާއި ފަންނުތައް އިތުރަށް ތަރައްގީކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުންކަމަށެވެ. އެހެންކަމުން މައިންބަފައިން ވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ގައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކެއް ކަމަށާއި، ރިނބުދޫ ސްކޫލުގެ ދަރިވަރުން ވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށް ފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތައުލީމް ހާސިލްކޮށް، ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށް ކަމަށެވެ. ރިނބުދޫ ސްކޫލުގެ 50 އަހަރުގެ ދިގު މާޒީގައި އެ ސްކޫލަކީވެސް ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފެދި ކުރިއަރައިދިޔަ ސްކޫލެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ ރަން ޔޫބީލްގެ މި މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސްކޫލްގެ އިސް ވެރިންނަށާއި ސްކޫލްގެ މުވައްޒަފުންނަށާއި ދަރިވަރުންނަށް، ބެލެނިވެރިންނަށް އަރިސްކުރައްވާފައެވެ. އަދި ރިނބުދުއަކީ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަމާއި އެގޮތުން އެރަށަކީ ޚާއްސަކޮށް ތިލޭރުކަމަށް ރާއްޖެއަށް މަޝްހޫރު ރަށެއްކަން ފާހަގަކުރައްވައި ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ އެ މަސައްކަތް ދިރުވައި އާލާކުރުމަށް، ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި ރިނބުދޫ ކައުންސިލަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ.

ރިނބުދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަތޮޅުތަކުގައި ސަރުކާރުން އެޅުމަށް ރާވާފައިވާ ހައުސިންގ ޔުނިޓުތައް އެޅުމުން މިމައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ރިނބުދުއަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރިނބިދުއަކީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއްކަމަށެވެ.

ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން، އެކަން ފެށުމަށް މިހާރު އެމަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ރިނބުދޫގެ ކަރަންޓުގެ ޚިދުމަތް ތަރައްގީކުރުމުގެ މަޝްރޫއުވެސް މިއަހަރު ކުރިޔަށްދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ރައްޔުތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް، ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށާއި އެކަންކަންވެސް ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ.

ރިނބިދޫ ސްކޫލަށް ދިގު މުއްދަތެއްގައި މެދު ނުކެނޑި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޚިދުމަތުގެ އެވޯޑް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ. މިޖަލްސާގައި ރިނބިދޫ ސްކޫލުގެ ފަރާތުން ރައީސް ސޯލިހު ވަނީ ހަނދާނީ ފިލަޔެއް ހަދިޔާކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް