Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ނަޝީދު

އޭސީސީން ކުރާ ހުރިހާކަމެއް ވެސް ރަނގަޅަށް ބައްލަވާނެކަމަށް ޔަގީންކުރަން: ނަޝީދު

19 ފެބުރުއަރީ 2020 | ބުދަ 18:23

ނަޝީދު ޓްވީޓް ކުރައްވާފައިވަނީ މެމްބަރުން އެދިވަޑައިގަންނަވާނަމަ އޭސީސީގެ ނިންމުމަށް ގޮންޖައްސަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2020 | ބުދަ 18:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެންޓިކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އިން ކުރައްވާ ހުރިހާ ކަމެއްވެސް ރަނަގަޅަށް ބައްލަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އޭސީސީން ކުރައްވަން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ޔަގީން ކުރައްވަނީ އެހެން ހުރިހާ ކަމެއްވެސް ރަނގަޅަށް ބައްލަވާނެ ކަމަށް ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީ ޓެގްކޮށް ނަޝީދު ޓްވީޓެއް ކުރައްވާފައިވަނީ، ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރައްވަން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ މައްސަލަ ބެލުމަށްފަހު އޭސީސީން މަޖިލީހަށް ފޮނުވި "އިސްލާހު ކުރުމަށް އަންގާ އެންގުން" ބުދަ ދުވަހުގެ ޖަލްސާގައި ނަޝީދު އިއްވާދެއްވާފައިވަނިކޮށެވެ.

އޭސީސީން ބުނެފައިވަނީ 31 އޮކްޓޫބަރު 2019 ގައި ގއ.ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކުއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް، މީހަކަށް ޙަރަދުކޮށްފައިވަނީ 1,222.00 (ބާރަ ސަތޭކަ ބާވީސް) ރުފިޔާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1,333,00 (ތޭރަ ސަތޭކަ ތިރީސް ތިނެއް) ރުފިޔާ ޚަރަދުކޮށްފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެ ދުވަސްވަރު ކުއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1,222.00 (ބާރަ ސަތޭކަ ބާވީސް) ކަމަށާއި، މަހާސިންތާ ނިންމާލުމަށްފަހު ކުއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444 (ހަތަރު ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އަންގާފައިވެއެވެ. އަދި އެ ރުފިޔާ ހޯދުމަށްފަހު އެކަން އެ ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވެއެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ މި ނިންމުމަށް ދެކޮޅު ހައްދަވަން ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް މެމްބަރުން އެދިވަޑައިގަންނަވާނަމަ ގޮންޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންނަށް ތަހުގީގު ހިންގައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، 7 މެންބަރަކު އައްޔަނުކުރައްވައިފި

އިތުރަށް ކިޔާލަން

21 މެއި 2017

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

21 މެއި 2017
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި
20 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

20 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

20 މާރިޗު 2017
މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް