Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު

19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ލެޓްވިއާގެ އީގޯ ހަމަޖައްސައިފި

މިއީ ޒުވާން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖެއްސި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2020 | ބުދަ 08:46
19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ލެޓްވިއާގެ އީގޯ ހަމަޖެއްސުން

19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ލެޓްވިއާގެ އީގޯ ހަމަޖެއްސުން

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅުނު ލެޓްވިއާގެ އީގޯ ސްޓެފަނޯސް ހަމަޖައްސައިފި އެވެ.

ޒުވާން ގައުމީ ޓީމާ ހަވާލުވި ލެޓްވިއާގެ އީގޯ އަކީ އާސެނަލުން 2003 ވަނަ އަހަރު މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މެމްބަރެކެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް އީގޯ ހަމަޖެއްސީ ބުދަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޒުވާން ގައުމީ ޓީމާ ހަވާލުވުމަށްފަހު އީގޯ ބުނީ ރާއްޖޭގެ ޒުވާން ޓީމާ ހަވާލުވީ ފައިސާގެ ސަބަބުން ނޫން ކަމަށެވެ. އަދި މި ޓީމުގައި ކުރަން އޮތް މަސައްކަތަކީ އޭނާ ޝައުގުވެރިވާށ މަސައްކަތެއް ކަމަށާއި، މިއީ ދުރުރާސްތާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޒުވާން ޓީމަށް ބިދޭސީ ކޯޗެއް ގެނައުމުގެ އެއް ބޭނުމަކީ ޔޫރަޕްގެ ތަޖުރިބާކާރު ކޯޗެއްގެ ފަރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ތަމްރީންތަކުގައި އައު ރަހައެއް ގެނެސްދިނުމާއި ރާއްޖޭގެ ލޯކަލް ކޯޗުންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 16 އަހަރުން ދަށުގެ ޓީމަށް ވެސް ބޭރުގެ ކޯޗެއް ގެނައުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް އީގޯ ހަމަޖެއްސިއިރު، މިއީ ޒުވާން ޓީމާ ބިދޭސީ ކޯޗަކު ހަވާލުވި ފުރަތަމަ ފަހަރެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. ނާދުގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު ވަނީ މުޅިން އަލަށް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ. ނާދުގެ ކުރިން މި ޓީމަށް އިރުޝާދުދިނީ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އަދި ޝާޒްގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު ވަނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު