Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން ބޭސް ފަރުވާއަށް މާލެ ގެނެސްފި

މާލެ ގެނައިންކަން ކަރެޝަނަލް ސަރވިސް އިން ވަނީ ކަށަވަރުކޮށްދީފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2020 | ބުދަ 09:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަނުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް މާލެ ގެނެސްފިއެވެ.

ބުދަ ދުވަހު، ރައީސް ޔާމީން ބޭސްފަރުވާއަށް މާލެ ގެންނަވާފައިވާކަން މޯލްޑިވްސް ކަރެޝަނަލް ސަރވިސްއިން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ރައީސް ޔާމީން ބޭސްފަރުވާއަށް ގެންނެވިކަން ފިޔަވާ އިތުރު މައުލޫމާތެއް ކަރެކްޝަނުން ހިއްސާކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ އެމަނިކުފާނު ހަދަންޖެހޭ ޓެސްޓްތަކެއް ހެދުމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާމެދު، ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ނަފްސާނީ މައްސަލަތަކެއްގެ އިތުރުން، ހިތުގެ މައްސަލައެއް ކުރިމަތިވެފައިވާކަން ހާމަކުރައްވާފައެެވެ. ނަމަވެސް ހިތުގެ މައްސަލައަކީ އެމަނިކުފާނުގެ މައްޗަށް ޖަލަށް ހުކުމް ކުރުމުގެ ކުރިންވެސް ދިމާވެފައިވާ މައްސަަލައެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ހައިކޯޓުގައި ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ބޮޑުމުލާ ވިއްކާލައިގެން، އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް، އެފައިސާ ވަނީ ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެވެ. އެމައްސަލާގައި ދައުލަތަށް އެފައިސާ ހަވާލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުމުން، އެފައިސާ ހަވާލު ކުރުމުގެ ބަދަލުގައި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް މެދުވެރިކޮށް 36 މަސް ދުވަސް ވަންދެން އެފައިސާ އިންވެސްޓްކޮށް، އިތުރަށް ފައިދާ ހޯދާފައިވާ ކަމަށްވެސް ރައީސް ޔާމީންގެ މަނީ ލޯޑަރިންގގެ މައްސަލާގައި ދައުލަތުން ބުނެފައި ވެއެވެ.

މަނީ ލޯންޑަރިންގ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސަބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު