Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްރޭ ޗޭން

ޑޯޓްމުންޑުން ޗޭންގެ އެއްބަސްވުން ދާއިމީ ކޮށްފި

19 ފެބުރުއަރީ 2020 | ބުދަ 03:43

ޑޯޓްމުންޑުން ވަނީ ޗޭން ގަތުމަށް 25 މިލިއަން ޔޫރީ ޚަރަދުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ފެބުރުއަރީ 2020 | ބުދަ 03:43
ޑޯޓްމުންޑްގެ މިޑްފީލްޑަރު އެމްރޭ ޗޭން

ޑޯޓްމުންޑްގެ މިޑްފީލްޑަރު އެމްރޭ ޗޭން

ބޮރޫޝިއާ ޑޯޓްމުންޑުން ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭންގެ އެއްބަސްވުން ދާއިމީ ކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޗޭން ޑޯޓްމުންޑަށް ބަދަލުވީ ޔުވެންޓަސްއިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ދާއިމީ ކުރުމަށް ޑޯޓްމުންޑުން ވަނީ ޔުވެންޓަސްއަށް 25 މިލިއަން ޔޫރޯ ދައްކާފައެވެ.

ޑޯޓްމުންޑަށް ބަދަލުވުމަށްފަހު އެޓީމާއެކު ޗޭން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އޭނާ ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ ލަނޑު ޖަހާފައެވެ.

ޑޯޓްމުންޑުގެ ސްޕޯޓްސް ޑިރެކްޓަރު މައިކަލް ޒޯޗް މީގެ ކުރިން ވިދާޅުވީ ޗޭންއަކީ އެޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން އެޓީމުގެ މެދުތެރެއާއި ފަހަތުގައިވެސް ޗޭންގެ ބޭނުން ހިފޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަންއަށްވެސް މީގެ ކުރިން ކުޅުނު ޗޭން އެންމެ ފުރަތަމަ ވިދާލީ ލިވަޕޫލުންނެވެ. 2014 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެޓީމުގައި މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ޔުވެންޓަސްއަށް ބަދަލުވެފައިވަނީ އެއްބަސްވުން ހަމަވުމުން 2018 ވަނަ އަހަރު އެވެ.

ޔުވެންޓަސް އަށް ބަދަލުވެ 45 މެޗު ކުޅެދިން ނަމަވެސް، އޭގެ ފަހުން ޔުވެންޓަސްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ގެއްލުނެވެ. އެގޮތުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ޔުވެންޓަސް އިން އެކުވާލި ސްކޮޑުން ޖާގަ ނުލިބުމުން ކްލަބު ދޫކޮށްލަން ބޭނުންވާކަން ޗޭން ހާމަކުރި އެވެ.

ޖަރުމަންގެ ގައުމީ ޓީމަށްވެސް މިހާތަނަށް 25 މެޗު ކުޅެދީފައިވާ ޗޭން ވަނީ ޔުވެންޓަސްއާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް