Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވައިފި

18 ފެބުރުއަރީ 2020 | އަންގާރަ 04:41

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން މިނިސްޓްރީއަށް ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ކަރުދާހެއް މަޖިލީހަށް ފޮނުވާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2020 | އަންގާރަ 04:41
އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ސެލަރީޒް އެންޑް ވޭޖް އެޑްވައިޒަރީ ބޯޑުން ހުށަހަޅާފައިވާ ރިޕޯޓާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ރިޕޯޓް އަދި ސްޓޭކް ހޯލްޑަރުންނާއެކު އެމިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއްގެ މައްޗަށް ބެލުމަށްފަހު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން އެމިނިސްޓްރީއަށް ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ކަރުދާހެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ މިރިޕޯޓް ފޮނުއްވާފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތަކުގައި ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިރިޕޯޓް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް ވަނީ މިމަހުގެތެރޭގައި ވިދާޅުވެފަ އެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އެޖޫރައެއް ކަނޑައެޅިގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅުމެއް ނެތް ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގައި ބުނެފައިވަނީ އިޞްލާޙުތަކުގައި ބުނާ ގޮތުން ޤާނޫނު ތަޞްދީޤުވާތާ 30 ދުވަސް ތެރޭގައި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑެއް އުފައްދަން ޖެހެއެވެ. އަދި އެ ބޯޑުން ހަތް ދާއިރާއަކަށް ވަކިވަކިން ރިޢާޔަތްކޮށް، މިނިމަމް ވޭޖު ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ ދޭންޖެހެއެވެ.

އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ޞިއްޙީ ޚިމަތުގެ ދާއިރާ، ތަޢުލީމީ ޚިދުމަތުގެ ދާއިރާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މުރާޖަޢާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ފެންނަ ނަމަ ބޯޑުން މިނިސްޓަރަށް ލަފާ އަރުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާއިރު މިދިޔަ އަހަރުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންކަން ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް