Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މުހިންމު މައްސަލަތައް ބެލުން ލަސްކުރަމުންދާކަމަށް ވިދާޅުވެ އާޒިމްގެ ފާޑުކިޔުން އޭސީސީއަށް

17 ފެބުރުއަރީ 2020 | ހޯމަ 20:18

މަޖިލީހުގެ ތަޅުމުގައި މެންބަރަކު ދައްކަވާ ވާހަކަތައް ތަޙުޤީޤުކުރަން އެ ތަނަށް ދާން އަންގަމުންދާކަމަށް އާޒިމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ފެބުރުއަރީ 2020 | ހޯމަ 20:18
އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރ އަލީ އާޒިމް- އޭސީސީއަށް ފާޑުވިދާޅުވެ ވަނީ ވާހަކަދައްކަވާފައި

އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރ އަލީ އާޒިމް- އޭސީސީއަށް ފާޑުވިދާޅުވެ ވަނީ ވާހަކަދައްކަވާފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކޮންމެހެން ބަލަންޖެހޭ މައްސަލަތައް ބެލުން ލަސްކުރަމުންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް އޭސީސީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ އޭސީސީގައި ނިމިދިޔަ ސަރުކާރުން ވައްކަންކޮށްފައިވާ އެތައް ބައެއްގެ މައްސަލަތައް އެބައޮތް ކަމަށެވެ. ކުރީ ސަރުކާރުގެ މިނިސްޓަރުންނާ ހިސާބުން ފެށިގެން ވައްކަންކޮށްފައި ތިބި އެތައް ބައެއްގެ ރިޕޯޓުތަކެއް، އޭސީސީގައި އެބައޮތް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި މެންބަރަކު ދައްކަވާ ވާހަކަތައް ތަޙުޤީޤުކުރަން އެ ތަނަށް ދާން އަންގަމުންދާކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ މިއަށްވުރެ މުހިންމީ މި ރާއްޖެއަށް ވަންނަ ފައިސާ ވަގަށްނެގި މި ދިޔަ ސަރުކާރުގައި ތިބި މީހުންގެ މައްސަލަތައް ބެލުންކަމަށެވެ.

Advertisement - newsAdvertisement

އޭސީސީ އަށް އާޒިމް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި މިވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މަޖިލީހުގައި ދެއްކެވި ވާހަކައަކާ ގުޅިގެން ތަހުގީގަށް ހާޒިރުވާން އޭސީސީން އަންގާފައި ވަނިކޮށެވެ.

ނިހާދު އެ ކޮމިޝަނަށް ހާޒިރު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ނުކުރަން، އެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ނިހާދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ނިހާދު އޭސީސީ އަށް ހާޒިރުކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުން ސިއްރުކޮށްގެން އެ މައްސަލަ ބެލި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ފައިސާ ލިބޭ އެކިއެކި ގޮތް ގޮތް ހޯދަންޖެހޭ ކަމަށާއި ރާއްޖޭގެ ރައްޔިތުން ބޭނުންވާ އެތައް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް، މި ކަންކަން ކުރެވެން އޮތީ މީގެކުރިން ހިނގާފައިވާ ކަންކަން ބަލައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ކަމާ ދޭތެރޭގައި ފުންކޮށް ވިސްނައި، އަދިވެސް މީހުން އަތުން، ރައްޔިތުންގެ އަތުން ފައިސާ ނެގުމުގެ ބަދަލުގައި މި ކަންކަން ހުއްޓުވޭނެ ގޮތްތަކާއި މީގެ ކުރިން ފައިސާ ނަގާފައިވާ މީހުންނަށް އަދަބުދެވޭނެ ގޮތްތައް ނުހަދައި މި ކަންކަން ރަނގަޅުކުރެވެން ނެތްކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް