Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމް

މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށަނީ

17 ފެބުރުއަރީ 2020 | ހޯމަ 08:33

ޕްރޮގްރާމް ކުރިއަށްގެންދަނީ 4 ބަޔަކަށް ބަހާލައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ފެބުރުއަރީ 2020 | ހޯމަ 08:33
މުއައްސަސާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މުއައްސަސާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދައުލަތުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

މި ޕްރޮގްރާމެއް ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ފަށާ މި ޕްރޮގްރާމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތައް ބައިވެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ހަރަކާތް ހިންގަނީ 4 ބަޔަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން ފުރަތަމަ ފިޔަވަހި ކުރިއަށްދާނީ ޖެނުއަރީން މާޗްއަށް ކަމަށެވެ. އަދި ދެވަނަ ބައި ކުރިއަށްދާނީ އެޕްރީލް އިން ޖޫން އަށް އަދި 3 ވަނަ ބައި ޖުލައި އިން ސެޕްޓެމްބަރަށް އަދި 4 ވަނަ ބައި ކުރިއަށްދާނީ އޮކްޓޯބަރުން ޑިސެމްބަރަށް ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ފުރަތަމަ ބައިގައި ހިންގާ ޕްރޮގުރާމު ޚާއްސަ ކުރެވިފައިވަނީ އިންތިހާބުތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރަށްވުމުން މި ޕްރޮގުރާމުގެ ފުރަތަމަބައިގައި އިންތިހާބުތަކާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

ޝަރީފް ވިދާޅުވީ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، 12 ދާއިރާއަކުން މައުލޫމާތު ދިނުމަށް ރާވާފައިވާ ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރި ކުރުމާއި، ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅުންހުރި މައުލޫމާތުތަކާއި، އަންހެނުންނާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅޭ މައުލޫމާތުތައް ދިނުންފަދަ މުހިންމު ބައިތަކެއް ހިމެނިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ ސިލްސިލާ ގޮތެއްގައި ހުރިހާ އެންމެން ގުޅިގެން ހިންގާ ގައުމީ ބޮޑު ޕްރޮގުރާމެއް ކަމަށާއި، މިޕްރޮގުރާމުގެ ސަބަބުން ރައްޔިތުން ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް ދެވިގެންދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ޕްރޮގްރާމްތައް ހިންގުމަށް މުއައްސަސާތަކަށް ލިބިފައިވަނީ ކުޑަ ބަޖެއްޓެއް ކަމަށާއި، ނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން އެކަމަށް ލުޔެއް ލިބި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ޕްރޮގްރާމްތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 12 މަހަށެވެ. އަދި މި 12 މަހުގައި ކުރާނެ ކަންކަން މިހާރު ރާވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންނަށް ތަހުގީގު ހިންގައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، 7 މެންބަރަކު އައްޔަނުކުރައްވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް