Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ބިޒްނަސް ކްލާސް ފަސިންޖަރުން އަތުން 60 ޑޮލަރުގެ ޑިޕާޗަރ ފީ ނަގާ ބިލު ހުށަހަޅައިފި

ސަރވިސް ޗާރޖު ނަގަމުންދާނީ މިއަހަރުގެ މާޗުމަހުގެ 31ގެ ނިޔަލަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2020 | ހޯމަ 14:12
އެއަރޕޯޓު

އެއަރޕޯޓު

ބިޒްނަސް ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުން އަތުން ޑިޕަރޗަރ ފީގެ ގޮތުގައި 60 ޑޮލަރު ނަގާގޮތަށް އޮތް "ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ‏‏އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނަށް" އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބިލަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ބަލާލާއިރު ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުގެ ގެއަތުން، ޑިޕާރޗަރ ޓެކްސްގެ ނަމުގައި ޓެކުހެއް ނެގުމަށް ވެއެވެ.

Advertisement - newsAdvertisement

އެގޮތުން އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 އެމެރިކާ ޑޮލަރު ޓެކުހުގެ ގޮތުގައި ނަގާނެއެވެ. އަދި މި ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ބިދޭސީ ފަތުރުވެރިންގެ އަތުން 30 ޑޮލަރު ޓެކުހުގެ ގޮތުގައި ނަގާނެއެވެ.

ބިޒްނަސް ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުންނާއި ބިދޭސީ ފަތުރުވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 60 އެމެރިކާ ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން 90 އެމެރިކާ ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު ޕްރައިވެޓް ޖެޓުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން 120 އެމެރިކާ ޑޮލަރު ޓެކުހުގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ބިލާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު ނަގަމުންދާ ސަރވިސް ޗާޖު އުވާލާ، އޭގެ ބަދަލުގައި ނަގަން ފަށާނީ ޑިޕަރޗަރ ޗާޖު ކަމަށެވެ. އެގޮތުން ސަރވިސް ޗާރޖު ނަގަމުންދާނީ މިއަހަރުގެ މާޗުމަހުގެ 31ގެ ނިޔަލަށެވެ. އަދި ޑިޕަރޗަރ ޓެކްސް އޭޕްރިލް 1 ން ފެށިގެން ނަގަން ފަށާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު