Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ އިންތިހާބު: އެމްޑީޕީ

ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު، އެމްޑީޕީއަށް ވޯޓު ދެއްވާ: ރައީސް

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން އޮތީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ތައްޔާރުވެފައި ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 08:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތުގެ ތެރެއިން ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތް ރަސްމީކޮށް ފައްޓަވާ ދެއްވާފައި ވަނީ އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ފައްޓަވާ ދެއްވުމުގެ ގޮތުން ރައީސް ޞާލިޙާއި، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މައި ހަރުގޭގެ ފާރުގައި އެމްޑީޕީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކުރާ "ރަށްވެހި ފަތިސް"ގެ ލޯގޯ ކުރަހައި ކުލައްޖައްސަވާ ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ފެއްޓެވާ ދެއްވުމަށްފަހު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެގޮތުން، ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ކައުންސިލަރުން ކައުންސިލްތަކުގައި ތިބުމަކީ މުހިއްމުކަމެއް ކަމަށާއި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބެވީ ތައްޔާރުވެފައި ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު އެ ވިދާޅުވި ގޮތަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ބޮޑެތި އިޞްލާޙުތަކެއް ގެންނަވާފަ އެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އެ އިޞްލާޙުތަކަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެއްގެ އިތުރުން، އެމްޑީޕީގެ ވެސް ވަޢުދެކެވެ.

ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ރަށުގެ އިހުތިޞާޞްގެ ދަށުގައިވާ ބިންތަކާއި، އިގްތިޞާދީ ޙާރަކާތްތަކާއި، އިޖުތިމާޢީ ކަންކަން ނިންމުމުގެ ބާރުވެރިކަމާއި، މާލީ ބާރުވެރިކަން މިހާރު ވަނީ ލިބިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނެސް، އަދި ޢަމަލު ކުރަމުންދާ ލާމަރުކަޒީ ޤާނޫނާއެކު، ކައުންސިލްތަކުން ވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރަންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތައް ކުރިން ހިންގަމުންދިޔަ ގޮތާއި އަލަށް އެކުލަވާލެވޭ ކައުންސިލްތައް ހިނގަމުންދާ ގޮތް ވަރަށް ބޮޑަށް ތަފާތުވެ، ބާރު ވެރިކަން ލިބި، އަދި ދައުލަތުގެ ބަޖެޓުންވެސް ބޮޑު ބައެއް ކައުންސިލްތަކަށް ލިބޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބުގެ ބޮޑު ނަތީޖާއަކުން ނުވަތަ ބޮޑު ތަފާތަކުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީއަށް ފަހު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަށާނީވެސް 60 ޕަސެންޓް ގޮނޑިއާ އެކުކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިޙު ވެސް ވިދާޅުވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯއްދެވި ފުރިހަމަ ކާމިޔާބަށް ބަލާއިރު، އަދި ރައްޔިތުން ތިބީ ހަމަ އެމިޞްރާބަށް ދަތުރުކުރަންކަމަށް ޤަބޫލު ކުރެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެއަށްވުރެން ގިނަ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު