Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ޓީމުގެ ހާލަތަށް ބަލާއިރު ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ: ސެކުލޮސްކީ

މާޒިޔާއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ

އަތޫފް އާތިފް
އަތޫފް އާތިފް | 12 ފެބުރުއަރީ 2020 | ބުދަ 15:13
ސެކުލޮސްކީ

ސެކުލޮސްކީ

އޭއެފްސީ ކަޕް ޕްލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑާއި ދެކޮޅަށް މާޒިޔާއިން އަމިއްލަ ގައުމުގައި ނެރުނު ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މާޒިޔާ އަދި އަބަހާނީ ބައްދަލުކުރި މެޗަށްފަހު ވާހަކަދައްކަމުން ސެކުލޮސްކީ ބުނީ މާޒިޔާއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، މާޒިޔާ މިހާރު މިއޮތް ހާލަތާ އަޅާ ބަލައިފަ މި މެޗުން ނެރުނު ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މީގެއިތުރުން ސެކުލޮސްކީ ބުނީ ބަންގްލަދޭޝްގައި އަބަހާނީ އާއި ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗުގައި ދެ ލަނޑު މާޒިޔާ ކޮޅަށް ވަން ކަމަށާއި ނަމަވެސް މި މެޗު މި ނިންމާލީ ގޯލެއް ކޮޅަށް ނުވަދެ ކަމަށެވެ.

އަބަހާނީ ލިމިޓެޑަކީ މާލީގޮތުން މުއްސަނދި ކްލަބެއް ކަމަށާއި، އަބަހާނީއިން އެޓީމުގެ ބިދޭސީ ކުޅުންތެރިޔަކަށް 10،000 (ދިހަހާސް ޑޮލަރު) ހަރަދުކުރާ ކަމަށެވެ. އަދި އަބަހާނީ ވަނީ ނިމިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައިގޮސްފައި ކަމަށާއި އެޓީމަކީ މާޒިޔާއަށް ވުރެ ހުރިހާ ގޮތަކުންވެސް މޮޅު ޓީމެއް ކަމަށް ސެކުލޮސްކީ ބުންޏެވެ.

ކުރިޔަށް އޮތް ޕްލޭއޮފް މެޗަކީ މި މެޗަށް ވުރެ އުނދަގޫ މެޗަކަށްވާނެ ކަމަށާއި ނަމަވެސް ދެން އޮތީ އެ މެޗަށް ތައްޔާރު ވުން ކަމަށް ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އަދި އަބަހާނީ ލިމިޓެޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ. މާޒިޔާ ޕްލޭއޮފްއަށް ދަތުރުކުރީ ބަންގްލަދޭޝްގައި އަބަހާނީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑާއިއެކު އަވޭ ލަނޑު އިތުރު ވުމުންނެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފަށް މާޒިޔާ ދަތުރުކުރިއިރު، ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ. އަދި ޕްލޭއޮފުން ކުރި ހޯދައި މާޒިޔާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު