Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: ޕްލޭއޮފަށް މާޒިޔާ ދަތުރުކޮށްފި

މާޒިޔާ އާއި އަބަހާނީ ބައްދަލުކުރި ދެވަނަ މެޗު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 13:16
މާޒިޔާ އާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ޕްލޭއޮފަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފަށް މާޒިޔާ ދަތުރުކުރީ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ 0-0 އިން އެއްވަރުވެ، އަވޭ ގޯލުން ކުރިހޯދައިގެންނެވެ. ބަންގްލަދޭޝްގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ހާފުގައި މާގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިނުވާއިރު، އެންމެ ފުރަތަމަ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދީ އަބަހާނީ އިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސާދުއްދީން ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޯވޭސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި މާޒިޔާއިން އެޓީމުގެ ފުރަތަމަ ހަމަލާ އުފެއްދީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. އޭރިއާ ބޭރުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބާރު ހަމަލާއެއް ފޮނުވާލިއިރު، އަބަހާނީގެ ގޯލްކީޕަރު ސަހީދުލް އާލަމް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު ގޯލު ކުރިމަތީ ހުހަށްހުރެ ކޯނޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި މާޒިޔާއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ އަފްޣާނިސްތާނުގެ ޑިފެންޑަރު މުހައްމަދު ޝާރިފަށެވެ. އެކަމަކު ގޯލު ކުރިމަތީ ހުހަށްހުރެ ބޮލުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ދެ މިިނެޓު ފަހުން މެޗުގައި ލީޑު ނެގުމަށް އަބަހާނީގެ ރުބެލް މިޔާއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ އިތުރުވަގުތުގައި ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ދެމެދު ހަމަނުޖެހުން ހިނގިއިރު، ރެފްރީ ވަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފަށް މާޒިޔާ ދަތުރުކުރިއިރު، ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ. އަދި ޕްލޭއޮފުން ކުރި ހޯދައި މާޒިޔާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު