Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޑިއޯން އިގާލޯ

ޗެލްސީއާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑުގެ ސްކޮޑުގައި އިގާލޯ ހިމަނައިފި

އިގާލޯ ޔުނައިޓެޑަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ފެބުރުއަރީ 2020 | އަންގާރަ 15:13
އޮޑިއޯން އިގާލޯ

އޮޑިއޯން އިގާލޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓާ ޔުނައިޓެޑުން އެކުލަވާލި ސްކޮޑުން އެޓީމާ ގުޅުނު އޮޑިއޯން އިގާލޯއަށް ފުރުސަތު ދީފިއެވެ.

ޔުނައިޓެޑުގެ ސްކޮޑުގައި އިގާލޯ ހިމެނިއިރު، ދާދި ފަހުން ޔުނައިޓެޑިން ސްޕެއިންގައި ކުރިއަށް ގެންދިޔަ ކޭމްޕްގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ.

ކުރިން ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅުނު އިގާލޯ ޔުނައިޓެޑަށް ބަދަލުވީ ޖަނަވަރީ 31 ވަނަ ދުވަހު އެވެ. ޔުނައިޓެޑްގެ ކޭމްޕްގައި ބައިވެރިނުވެ، އިގާލޯ އިންގްލެންޑްގައި މަޑުކުރުމަށް ނިންމީ އޭނާ ސްޕެއިންއަށް ގޮސް އަލުން އިންގްލެންޑްއަށް ވަނުމުގައި ދަތިތަކެއް ދިމާވެދާނެތީ އެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގައި އުޅެފައިވާ މީހުންނަށް އިންގްލެންޑްއަށް ވަނުމުގައި ދަތިތަކެއް ހުރިކަމަށާއި އެސަބަބާއި ގުޅިގެން ސްޕެއިންގައި އެޓީމުން ކުރިއަށްގެންދިޔަ ކޭމްޕްގައި އިގާލޯ ބައިވެރިނުވާނެ ކަމަށެވެ.

ޗެލްސީއާ ދެކޮޅަށް އެކުލަވާލި ސްކޮޑުން އިގާލޯއަށް ފުރުސަތު ދިންއިރު، މި މެޗުގައި އޭނާ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑަށް ބަދަލުވިއިރު، މި ސީޒަނުގައި އޭނާ ކުޅެމުން އައި ޗައިނާގެ ކްލަބެއް ކަމަށްވާ ޝަންހާއީ ޝެންހުއާ އާއެކު ހެދި އެއްބަސްވުމުގައިވާ ގޮޔުން ޔުނައިޓެޑުން ފަހުން ބޭނުންވި ނަމަވެސް އިގާލޯ ގަތުމުގެ ފުރުސަތެއް ނޯންނާނެއެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑަށްވެސް ކުޅުނު އިގާލޯ އަކީ މިދިޔަ އަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. 2014 އިން 2017 އަށް ވަޓްފޯޑުގެ ޖާޒީގައި އިގާލޯ ފެނިގެންދިޔައިރު، އޭނާ ވަނީ އެޓީމަށް 99 މެޗު ކުޅެދީ 39 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން އިގާލޯ ފެނިގެންދިޔައީ ޗައިނީސް ސުޕަ ލީގުންނެވެ. އެގޮތުން އިގާލޯ ވަނީ ޝަންހާއީ ޝެންހުއާއާއެކު މިދިޔަ އަހަރު ޗައިނީސް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ 1:00 ގައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު