Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްގަމު ދަތުރުފަތުރުގެ ގާނޫނު

ޓްރެފިކް ޤަވާއިދަށް އިޞްލާޙު ގެނައުމުގެ ބިލާއެކު މެންބަރު ޔާސިރު ހޫނުފެނަށް!

10 ފެބުރުއަރީ 2020 | ހޯމަ 18:47

ޕާކިން ސްޓިކާ ޖޫރިމަނާ އަށް ބަދަލެއް ނާންނަ ކަމަށް ޔާސިރު ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ފެބުރުއަރީ 2020 | ހޯމަ 18:47
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އެކު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފަށް ގިނަ ބައެއްގެ ފާޑު ކިޔާ އޭނާ ހޫނުފެނަށް ވައްޓާލައިފިއެވެ.

ޔާސިރު ހުށަހަޅުއްވާފައިވާ އިޞްލާޙު ގެނައުމުގެ ބިލުގައި، ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އެ އުޅަނދުގެ ވެރިފަރާތް 250ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި މިހާރު އޮންނަގޮތުން، ޤަވާއިދާ ޚިލާފަށް ޕާކްކުރުމުން އެ އުޅަނދެއްގައި ޖަހާ ފުރަތަމަ ސްޓިކަރގެ ޖޫރިމަނާ ފީ އަކީ 250ރ އެވެ. އަދި ދެވަނަ ފަހަރު ހަމަ އެ އުޅަނދުގައި ސްޓިކަރއެއް ޖަހައިފިނަމަ ޖޫރިމަނާ ފީއަކީ 500ރ އެވެ. އަދި ތިން ވަނަ ފަހަރު ނުވަތަ ދެން އެ އުޅަނދެއްގައި ޖަހާ ކޮންމެ ސްޓިކަރއެއްގެ ފީއަކީ 750ރ އެވެ.

އެހެންކަމުން، މި އިޞްލާޙުގައިވާ ގޮތުން، އުޅަނދެއްގައި ސްޓިކަރއެއް ޖަހާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރެވޭނީ 250ރ އިންނެވެ. އަދި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ނުދައްކައިފިނަމަ އެ ފައިސާއެއް ވާނީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމަށާއި އެގޮތުން ޝަރީޢަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދޭގޮތަށް އެ އިޞްލާޙުގައި ވެއެވެ. މި ބިލު ހުށަހެޅުއްވުމާއެކު މި ބިލާއި މެދު ޢާންމުންގެ ޝަކުވާތައް ވަނީ އެކި ޕްލެޓްޕޯމްތަކުގައި ބަންޑުން ކޮށްލާފައެވެ.

އެގޮތުން އެ ބިލަކީ ރައްޔިތުން ފެލާ ޖަލަށް ލާން ގެނެސްފައިވާ އިޞްލާޙުތަކެއް ކަމަށް ބައެއް ކަމަށް ބައެއް ޢާންމުން ބުނެއެވެ. މީގެ އިތުރުން އެއީ ބަޖެޓަށް ފައިސާ ހޯދުމަށް ކުރާކަމެއްގެ ގޮތުގައިވެސް ބައެއް މީހުންވަނީ ސިފަކޮށްފަ އެވެ. އަދި އަބަދު ދިވެހިން ޖޫރިމަނާގެ ކަންކަމުގެ ތެރޭގައި އުޅެން ޖެހިފައިވާކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ. ޕާކިން ޖޫރިމަނާއެއްގެ ވާހަކަ ދައްކަމުން އަންނަ އިރު މާލޭގައި ދުއްވާ އުޅަނދުތައް ޕާކުކުރާނެ ތަނެއް ނެތުމުގެ މައްސަލައަކީ ޢާންމުކޮށް ދެކެވޭ ވާހަކައެކެވެ. ނަމަވެސް މިކަމަށް ޙައްލެއް ނުގެނެސް އަނެއްކާވެސް ޖޫރިމަނާ ކުރެވޭނެ ގޮތެއް ހެދުމަކީ ޢާންމުން ސަރުކާރަށް ކުރާ އިތުބާރާއި ކުރާ އުއްމީދުތައް ކުޑަވެގެންދާނެކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިބިލާ ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ޔާސިރު ވިދާޅުވީ މިހާރު ބިލަށް ގެނައުމަށް ހުށަހަޅާފައިމިވާ އިޞްލާޙުގެ ސަބަބުން އެޕީލް ކުރެވޭ ގޮތް އަލަށް ފަށަނީ ކަމަށެވެ. ޕާކިން ސްޓިކަރ ޖޫރިމަނާ ހަމަ އެއްވަރެއް ކަމަށާއި އެޢަދަދު ބޮޑުނުވާކަމަށް ޔާސިރު ވިދާޅުވި އެވެ. ސްޕީޑާ ޚިލާފަށް ދުއްވުމާއި އެހެން ކުށްތަކުގެ ތަކުގެ އަދަބު މިހާރު ހުށަހަޅާފައިވާ އިޞްލާޙު ތެރެއިން ބޮޑުކުރެވިފައިވާ ކަމަށާއި މިބިލުން ފުލުހުންނަށް އުޅަނދު ހިފަހައްޓާ އުޞޫލު ހަރުދަނާ ކުރެވޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. މީގެއިތުރުން ޔާސިރު ވިދާޅުވީ ޕާކިން ސްޓިކަރ ޖެހުމަކީ ސަރުކާރުން ޢާމްދަނީ ހޯދަންކުރާ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަން މަޖިލީހުގައިވެސް މެންބަރުން ފާހަގަކުރެއްވި ކަމަށް ޔާސިރު ވިދާޅުވި އެވެ.

މީގެއިތުރުން ޔާސިރު ވިދާޅުވީ ހުރިހާ ޤައުމެއްގައިވެސް ކުށްތަކަށް ޖޫރިމަނާ ކަނޑައެޅިފައި ހުންނާނެ ކަމަށެވެ. އަދި މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ބޮޑުވެފައިމިވަނީ މިކަމަކީ މަދަނީ ދަރަންޏެއްގެ ގޮތުގައި ރައްޔިތުންނަށް ނޭނގޭތީކަމަށް ޔާސިރު ވިދާޅުވި އެވެ. ޖުމުލަކޮށް މިބިލު ސަރުކާރުން ފޮނުވާފައިވާ ގޮތް ރަނގަޅުކަމަށާއި ކޮމިޓީ މަރުޙަލާގައި މިބިލަށް އިޞްލާޙުގެނެވޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި މިއިޞްލާޙަށް ޢަމަލުކުރަން ފަށާއިރު ކުރީގެ ޖޫރިމަނާތައް މަޢާފުވާންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ކޮންމެ ކުށެއް ކުރިއަސް އަދަބު ލިބެންޖެހޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. ޓްރެފިކް ވައޮލޭޓް ކުރާ މީހާ އާއި ނުކުރާ މީހާ އެއްހަމަވާނެތޯ ޔާސިރު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކުރިން ޤަވާއިދާ ޚިލާފުވާ މީހާއަށް ކުރާ މީހާ އެދައްކަން މަޖުބޫރު ނުކުރާކަމަށް ޔާސިރު ވިދާޅުވި އެވެ. އެދެއްކުމަށް މަޖުބޫރު ކުރެވެނީ މީހެއްގެ އެހެން އަސާސީ ޙައްޤެއް ހިފަހައްޓައިގެން ކަމަށް ޔާސިރު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ޔާސިރު ނެންގެވީ ކައިވެނި ކުރަންވީމާ ދައްކަންޖެހޭ ފައިސާ ނުދައްކާ ކައިވެނިނުކޮށްދޭ ނުކޮށްދިނުމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 މެއި 2018

ޟަރޫރީ ހާލަތް ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނެތް: ސުއޫދު

02 މެއި 2018
ޟަރޫރީ ހާލަތް ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނެތް: ސުއޫދު
13 އެޕްރީލު 2018

ޓްރެފިކް ޕޮލިހުގެ ކޮމާންޑަރު އެސްއޯގެ ކޮމާންޑަރުގެ މަގާމަށް

13 އެޕްރީލު 2018
ޓްރެފިކް ޕޮލިހުގެ ކޮމާންޑަރު އެސްއޯގެ ކޮމާންޑަރުގެ މަގާމަށް
04 އެޕްރީލު 2018

މާލޭގެ ޓްރެފިކް މައްސަލަތައް އެހާ ބޮޑުވެގެންދިޔައީ މާލޭގެ މަގުތަކަށް ގެނައި ބަދަލުގެ ސަބަބުން: މަލީހު

04 އެޕްރީލު 2018
މާލޭގެ ޓްރެފިކް މައްސަލަތައް އެހާ ބޮޑުވެގެންދިޔައީ މާލޭގެ މަގުތަކަށް ގެނައި ބަދަލުގެ ސަބަބުން: މަލީހު
09 ޖެނުއަރީ 2018

އެއާޕޯޓްގެ ތާރީހުގައި އެންމެ ގިނަ އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވުނީ އާދިއްތަ ދުވަހު

09 ޖެނުއަރީ 2018
އެއާޕޯޓްގެ ތާރީހުގައި އެންމެ ގިނަ އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވުނީ އާދިއްތަ ދުވަހު
05 ނޮވެމްބަރު 2017

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ

05 ނޮވެމްބަރު 2017
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ
28 އޯގަސްޓު 2017

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

28 އޯގަސްޓު 2017
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
18 ޖުލައި 2017

ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން

18 ޖުލައި 2017
ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން
25 ޖޫން 2017

އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި

25 ޖޫން 2017
އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް