Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް މިނިސްޓްރީ

ޙައްޖުކޯޓާ ދިނުމުގައި އިސްކަންދޭނީ ޚިދުމަތުގެ ފެންވަރަށް

މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 13 ފެބްރުއަރީ ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2020 | ހޯމަ 04:20
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން

1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ. އެގޮތުން، ޕްރޮޕޯޒަލްފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް 10 ފެބްރުއަރީ 2020 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުންނާއި މިނިސްޓްރީގެވެބްސައިޓުންލިބެން ހުންނާނެކަމަށެވެ.

Advertisement - newsAdvertisement

ޕްރޮޕޯސަލްތަކަށް މާކްސްދޭ ގޮތަށް ބަލާލައިރު، ޙައްޖަށް ގެންދިއުމަށް ހުށަހަޅާ އަގު %10، ފޯރުކޮށްދޭ ޚިދުމަތާއި ޚިދުމަތުގެ ފެންވަރު %85 ގެ އިތުރުން ތަޖުރިބާ އަށް ދެނީ 5% އެވެ. މިނިސްޓްރީން އިތުރަށް ބުނީ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 13 ފެބްރުއަރީ 2020 (ބުރާސްފަތި) ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން 23 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން، 10 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން 23 ފެބްރުއަރީ 2020 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން ފެށިގެން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10000 (ދިހަހާސް) ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯޒަލްތައް ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައިކަމަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށާއި ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮކްޓަރުންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ޑޮކްޓަރުންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

12 ނޮވެމްބަރު 2017
ދިއްދޫ ފްލެޓް ދިނުމުގައި އެއް ފޯމު ނަންބަރަކަށް ދެ ފްލެޓް: ކައުންސިލް

ދިއްދޫ ފްލެޓް ދިނުމުގައި އެއް ފޯމު ނަންބަރަކަށް ދެ ފްލެޓް: ކައުންސިލް

15 އޮކްޓޯބަރު 2017
ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި. އެހެން ބަޔަކާ ޙަވާލްކުރޭ: އެމްޑީޕީ އައްޑޫ މެންބަރުން

ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި. އެހެން ބަޔަކާ ޙަވާލްކުރޭ: އެމްޑީޕީ އައްޑޫ މެންބަރުން

11 އޮކްޓޯބަރު 2017
ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނެތް!

ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނެތް!

04 އޮކްޓޯބަރު 2017
ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު