Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަސަންދުރަ މައްސަލަ

ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

އޮޑިޓަރ ޖެނެރަލް ވަނީ ނަސަންދުރަ ދިން ގޮތާ މެދު ސުވާލު އުފައްދަވާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 08:34
ުކުރިން ނަސަންދުރަ ޕެލެސް ހޮޓަލް ހިންގި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ

ުކުރިން ނަސަންދުރަ ޕެލެސް ހޮޓަލް ހިންގި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ

ނަސަންދުރަ ޕެލެސް ހުރި ބިމުގައި ޒަމާނީ ފެންވަރަށް ހޮޓެލެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ތެރެއަށް "ގެއްލިއްޖެ" އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލައިގެ ލިޔެކިޔުންތަކެއް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ނެތެވެ. އަދި އެ ލިޔުންތަކަށް ވީނުވީއެއް ވެސް ނޭނގެ އެވެ.

Advertisement - newsAdvertisement

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ހުށަހެޅީ މިދިޔަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު އެވެ. އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެ އެވެ.

މައްސަލަ ފޮނުވިތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވެސް ވެފައިވާއިރު، ފުލުހުން ބުނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އަދިވެސް އޮތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ބަހެއް ހޯދުމަށް ހަފްތާއެއް ވަންދެން ރާއްޖެއެމްވީ އިން ވާނީ މަސައްކަތް ކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް އެ އޮފީހުގެ މީޑިއާ އޮފިޝަލް ދެއްވި ޖަވާބަކީ "ބަލަނީ، ބަލަނީ" ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްގެ ބަހެއް ހޯދުމަށް ވެސް ވާނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ބިޝާމް ފޯނު ނުނަންގަވާތީ ބަހެއް ލިބޭ ގޮތް ނުވި އެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ޓޫރިސްޓް ހޮޓާ ކަމަށްވާ ނަސަންދުރަ ހުރި ބިން ސަރުކާރުން ވަނީ 2015 ވަނަ އަހަރު އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދީފަ އެވެ.

ނަސަންދުރަ ބިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އަށެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެތަނުގައި ހޮޓާ އެޅުމުގެ މަސައްކަތް މިހާރު ހަލުވިކަމާ އެކު ކުރިއަށް ގެންދަނީ ބްރިޖް ތަރައްގީކުރާ ޗައިނާގެ ކުންފުންޏަކުންނެވެ.

ނަސަންދުރަ މައްސަލައިގައި ދައުވާކުރުމަށް ފުލުހުން ފޮނުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ 24 ރަށެއްގެ މައްސަލައާއެކު އެވެ. އެ މައްސަލަތަކުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށާއި އަދީބުގެ މައްޗަށް ދައުވަކުރުމަށް ފޮނުވިއިރު، ޒިޔަތުގެ މައްޗަށް އެ މައްސަލަތަކުގައި މިހާރު ވަނީ ދައުވާ ކޮށްފަ އެވެ. ނަމަވެސް، ނަސަންދުރަ މައްސަލައިގައި ދައުވާކޮށްފައިނުވަނީ ކީއްވެ ކަމެއް ސާފުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ފެންމަތިވުމުން، އޮޑިޓަ ޖެނެރަލް ވަނީ ނަސަންދުރަ ދިން ގޮތާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލް ވަނީ ސަރުކާރަށް ލަފާ ދެއްވައިފަ އެވެ.

ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އޮޑިޓަރ ޖެނެރަލް ޖެނެރަލް ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.

ޖުލައި މަހުގެ 2 ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ބަންދުގައި ތިބި މީހުންނަށް ދައުވާކުރަން ޖެހެ އެވެ. އެ މުއްދަތު މިހާރު ހަމަވެފައިވާއިރު، ދެން މި މައްސަލައި އަދީބަށް ދައުވާ ނުކުރެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު