Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ އައްޑޫ މެންބަރުން

ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި. އެހެން ބަޔަކާ ޙަވާލްކުރޭ: އެމްޑީޕީ އައްޑޫ މެންބަރުން

11 އޮކްޓޯބަރު 2017 | ބުދަ 12:29

ސްޓެލްކޯއިން މާ އަގުހެޔޮކޮށް ކަރަންޓް ދޭން އެބަބުނޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 އޮކްޓޯބަރު 2017 | ބުދަ 12:29
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީ މެންބަރުން އިންޓަރވިއު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީ މެންބަރުން އިންޓަރވިއު ދެއްވަނީ

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ވަނީ އެކަން ކުރުމުގައި ފެއިލްވެފައި ކަމަށާއި ސްޓެލްކޯ ފަދަ އެކަން ކުރެވޭނޭ އެހެން ބަޔަކާ އެކަން ޙަވާލު ކުރުމަށް އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ގޮވާލައްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި ކަމަށާއި އެޚިދުމަތް ދިނުމަށް ފެނަކައިން ހަވާލްވި ދުވަހުން ފެށިގެން ވެސް އައްޑޫއަށް އެކަށޭނަ ގޮތަކަށް އެޚިދުމަތް ދެވެމުން ނުދާ ކަމަށެވެ. އަދި ސްޓެލްކޯއިން ފެނަކައަށް ވުރެ އަގުހެޔޮކޮށް އައްޑޫއަށް ކަރަންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އިތުރު ކޮރަޕްޝަންތަކާ އެކު ފެނަކަ ކޯޕަރޭޝަނުން އެޚިދުމަތް ދޭން މަސައްކަތް ނުކޮށް ސްޓެލްކޯއަށް އެކަން ޙަވާލް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރައްޔިތުން ކަންބޮޑުވެގެން އުޅެނީ ކަރަންޓް 24 ގަޑިއިރަށް ޔަޤީން ނުވެގެން ކަމަށާއި ރަނގަޅު ޕްލޭނެއް ނެތި ވަގުތީ ހައްލެއް ހޯދަ ދިނުމަކީ ޚަރަދު ބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފްތައް އިތުރުވެގެންދާނޭ ކަމެއް ކަމަށެވެ. ގާތްގަނޑަކަށް 30 ހަކަށް މިލިއަން ރުފިޔާ އެކަމަށް ޚަރަދުވާކަމަށް އެނގިފައިވާ ކަމަށާއި ދައުލަތުގެ ބަޖެޓްގައި ޖަހައިގެން ވެސް އެކަން ހައްލު ކުރެވޭނެ ގޮތަކީ އެއީ ކަމަށް ވާނަމަ އެކަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތް ދެމުންދާ ގޮތުން ގާތްގަނޑަކަށް 40 އަކަށް ޕަސެންޓް ޚަރަދު ދަނީ ބާކީވެގެން ކަމަށަ ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން 4 ޖަނަރޭޓަރެއް އެއްފަހަރާ ހަލާކުވެގެން ދާނީ ބެލެހެއްޓުންތެރިކަން ވަރަށް ކުޑަވެގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވީ އައްޑޫއަށް މިހާރު ކަރަންޓް ޚިދުމަތް ދޭގޮތުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މެދުވެރިވަމުންދާ ކަމަށާއި އައްޑޫއަކީ ފައިދާ ލިބިގެން ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ތަނެއް ކަމަށެވެ. ފެނަކައިން އެކަން ނުވާ ކަމަށްވާ ނަމަ އެކަން ކުރެވޭނެ ބަޔަކަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. ނިޒާރު ވިދާޅުވީ 30 ހަކަށް މިލިއަންގެ އިންވެސްޓެއް ކޮށްގެން އަމިއްލަ ބަޔަކު ވެސް އެޚިދުމަތް ދީފާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ މީގެ 40 އަކަށް އަހަރު ކުރިން ފެށިގެން ވެރިކަންކުރި ބަޔަކު ނުކޮށް ހުރި ކަމެއްގެ ސަބަބުން އައްޑޫއަށް ރަނގަޅު ކަރަންޓް ޚިދުމަތެއް ނުދެވުމަކީ އެކަން ނުކުރުމުގެ ހައްޖަތެއް ނޫން ކަމަށާއި މިހާރު މިއޮތް ސަރުކާރަކީ އެކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދިނުމަށް ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް