Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނު

ޕާކިސްތާނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އާންމުންގެ ތެރޭގައި ދަންޖައްސަނީ

މިގޮތަށް ހުށަހެޅުއްވީ ޕާކިސްތާނުގެ ޕާލިމެންޓްރީ އެފެއާޒް މިނިސްޓަރ އަލީ މުހައްމަދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 8 ފެބުރުއަރީ 2020 | ހޮނިހިރު 16:00
ޕާކިސްތާނުގެ ޕާލިމެންޓްރީ އެފެއާޒް މިނިސްޓަރ އަލީ މުހައްމަދު

ޕާކިސްތާނުގެ ޕާލިމެންޓްރީ އެފެއާޒް މިނިސްޓަރ އަލީ މުހައްމަދު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި ކުޑަކުދިން މަރާ މީހުންޢާންމުންގެ ތެރޭގައިދަންޖެއްސުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވަނީ ހުކުުރު ދުވަހުއެވެ. މިގޮތަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވަނީ ފާއިތުވި އަހަރުތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. އަދި މި މައްސަލަތަކާއި ގުޅިގެން، އެޤައުމުގައި މުޒާހަރާ ކޮށް، ހަމަނުޖެހުންތައް ވެސް ހިނގާފައިވެއެވެ.

ޢާންމުންގެ ތެރޭގައި ދަންޖެއްސުމަށް ހުށަހެޅުއްވި ޕާކިސްތާނުގެ ޕާލިމެންޓްރީ އެފެއަރޒް މިނިސްޓަރ ޢަލީ މުޙައްމަދު ވިދާޅުވިގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން މަރާ މީހުންނަށް ދޭން ޖެހޭ އަދަބަކީ ޢާންމުންގެ ތެރޭގައި ދަންޖައްސާ މަރާލުމެވެ. އަދި ކީރިތި ޤުރުއާނުގައިވެސް އަންގަވާފައިވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މިއީ ޢަލީ މުޙައްމަދު ގެ އަމިއްލަ ހުށަހެޅުއްވުމެކެވެ.

މި ހުށަހެޅުއްވުމަށް ޕާކިސްތާނުގެ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދު ލިބުނު އިރު އެޤައުމުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ވަޒީރު ޝީރީން މަޒާރީ ވަނީ އެ ހުށަހެޅުއްވުމަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުމެއް ނޫން ކަން ފާހަގަކުރައްވާފައެވެ. އަދި އާންމުންގެ ތެރޭގައި ދަންޖެއްސުމަށް ތާޢީދު ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

މިގޮތަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާއިރު އިންސާނީ ޙައްޤުތަކަށް މަަސައްކަތް ކުރާ ޖަމްޢިއްޔާތަކުން ދަނީ މަރުގެ ޙުކުމް އިއްވުން މެދުކަނޑާލުމަށް ގޮވާލަމުންނެވެ.

ޕާކިސްތާނުން މަރުގެ ޙުކުމް އަލުން އިއްވަން ފެށީ އެޤައުމުގެ ޕަބްލިކް އާރމީ ސްކޫލުގައި 151 މީހުންގެ ފުރާނަ ގެއްލުނު ޙަމަލާއާއި ގުޅިގެންނެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެސްކޫލުން ތަޢުލީމް ޙާޞިލު ކުރަމުން ދިޔަ ދަރިވަރުންނެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

27 ސެޕްޓެމްބަރު 2017
މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ
26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
10 އޯގަސްޓު 2017

އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ

10 އޯގަސްޓު 2017
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
10 އޯގަސްޓު 2017

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު