Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާދަމް ޝަރީފް

ސަރުކާރު ހައިރާންވާވަރުގެ ނަތީޖާއެއް ނެރޭނަން: އާދަމް ޝަރީފް

8 ފެބުރުއަރީ 2020 | ހޮނިހިރު 05:38

ނިކުންނަނީ އެމްޑީޕީއާ ވާދަކުރާކަށެއް ނޫން: އާދަމް ޝަރީފް

އަލީ ސަމާޚް
އަލީ ސަމާޚް | 8 ފެބުރުއަރީ 2020 | ހޮނިހިރު 05:38
އާދަމް ޝަރީފް، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން

އާދަމް ޝަރީފް، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ހައިރާންވާ ވަރުގެ ނަތީޖާ އެއް އިދިކޮޅުން ނެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ޕީޕީއެމުން ވަނީ އެ ޕާޓީގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވާފައެވެ. އެ ޕާޓީން ބުނެފައިވާ ގޮތުން ޕްރައިމަރީގައި ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ވޯޓުލާފައެވެ.

Advertisement - newsAdvertisement

ޕްރައިމަރީ ކުރިޔަށް ދިޔަ ގަޑީގައި، ދަރުބާރުގޭގައި ހުންނަވާ ރާއްޖެ.އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ، އުއްމީދު ކުރި ވަރަށްވުރެވެސް ގިނަ ޢަދަދެއްގެ މެންބަރުން ނިކުމެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާފައިވާ ކަމަށާއި، އެއިން އަންގައިދެނީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެ ރައްޔިތުން އެކަން ބަލައިގަނެފައިވާ މިންވަރު ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވީ، މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކަންބޮޑުވާ ވަރުގެ ނަތީޖާ އެއް ނެރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި މި ފަހަރަކީ، އެމްޑީޕީގެ ފިކުރަށް ނޫނެކޭ ބުނެ ޕީޕީއެމް ނުވަތަ ރައީސް ޔާމީނުގެ ފިކުރަށް އާއެކޭ ބުނެ، ޤައުމު އެހެން މިޞްރާބަކަށް ގެނެސްދިނުމަށްޓަކައި ''ރަން ފަސް އަހަރު'' ގެ ކުރިއެރުމާއި އެކީގައި މިއަދު ހިނގަމުންދާ ކަންތައް ބަދަލުކޮށްލަން ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ، ޕީޕީއެމުން ކައުންސިލް އިންތިޚާބުގައި ވާދަކުރަންވީ ކީއްވެގެންތޯ ކަމަށް ވިދާޅުވެ ތަކުރާރުކޮށް ސުވާލު އުފައްދަވައި ފާޑު ވިދާޅުވަމުންނެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ދެ ރައީސުން ދައްކާ ވާހަކަތަކުން ހާމަވަނީ އެ ބޭފުޅުންނަށް މަލްޓި ޕާޓީގެ ޑިމޮކްރަސީގެ ހަމަތައް އެއްވެސް ވަރަކަށް މޭރުންވެފައި ނެތްކަން ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމުން ކައުންސިލް އިންތިޚާބަށް ނިކުންނާނީ އެމްޑީޕީއާ ވާދަކުރާކަށް ނޫންކަމަށެވެ. އެ ޕާޓީން ނިކުންނަނީ ޤައުމުގައި ގެއްލިގެންދާ އިސްލާމީ ވަޙުދަތާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު އަދި އުފެދިގެންދާ ތަފާތު ބިރުވެރިކަމުން ޤައުމު ސަލާމަތްކުރުމަށް ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވާލާފައިވާއިރު، 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމުތައް ހުށައެޅޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން މި ފަހަރުގެ އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޮފިޝަލުންގެ ގޮތުގައި ހަތް ހާހަކަށް ވަރަކަށް މީހުން ޙަރަކާތްތެރިވާއިރު، އިންތިޚާބުގައި ޖުމުލަ 545 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް