Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީ

ސަރުކާރުގެ ޖަލްސާ ހުށަހެޅި މައްސަލައިގައި މަރީ ބުދަ ދުވަހުގެ ކޮމިޓީއަށް ހާޒިރުކުރަނީ

7 ފެބުރުއަރީ 2020 | ހުކުރު 12:20

މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކުރައްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ފެބުރުއަރީ 2020 | ހުކުރު 12:20
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ

ސަރުކާރުގެ ޖަލްސާއެއް ހުށަހެޅުއްވި މައްސަލާގައި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބުދަ ދުވަހުގެ ޖަލްސާއަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ހާޒިރުކުރުމަށް ނިންމައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އެމައްސަލަ ބެލުމަށްޓަކައި އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޓީގެ ޖަލްސާއަށް މަރީ ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން ބޭއްވީ "ބުރަބި" ޖަލްސާ މަރީ ހުށައަޅައިދެއްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކި މަންސަތަކުގައި އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި މިނިވަން މުއައްސަސާއެއްގެ ރައީސަކު ސަރުކާރުގެ އިވެންޓުތައް ހުށައަޅައިދެއްވުމުން، އެމުއައްސަސާއެއްގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ފާދުކިޔާފައިވެއެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރިން ރޮޒެއިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޗުއްޓީއަށްފަހު މަޖިލިސް ހުޅުވުމުން މައްސަލަ ކޮމެޓީން ބަލާނެކަމަށެވެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާ ކޮމެޓީން ފަސް ޖެހުމެއް ނެތި ކުރަމުންގެންދާނެ ކަމަށްވެސް މެންބަރު ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން މަރީ ދިފާއު ކުރައްވާ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެފައިވަނީ މަރީ ހުށައަޅައިދެއްވީ ޕާޓީއެއްގެ ޖަލްސާއެއް ނޫންކަމަށާއި، އެހެންކަމުން އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށެވެ. އޭގެ އިތުރުން ބްރޯޑްކޮމްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާ ކަމަށްވެސް ޤަބޫލު ނުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިކަމާއިމެދު ބަޔަކު ނުރުހުން ފާޅުކޮށް ހިތްހަމަނުޖެހި ވާހަކަދެއްކުމާއި ގުޅިގެން އެކަމާއިމެދު ހިތާމަކުރައްވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މަރިޔަމް ވަހީދާއަކީ ދުވަހަކުވެސް އެއްވެސް ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވެފައިވާ ފަރާތެއް ނޫން ކަމަށާއި، އެހެންކަމުން އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ބުރަބި" ޖަލްސާ ހުށައަޅައިދެއްވުން މަރީއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި މިވަނީ ކުރިން އެކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތިމަތު ޒައިނާ ޕީޕީއެމް ޖަލްސާއެއްގައި ގޮނޑި އެތުރަން ހުންނެވުމާއި ގުޅިގެން މިސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ފާޑުކިޔާފައި ވުމުންނެވެ. އަދި ޒައިނާ އެ ކޮމިޝަނުން ވަކިކުރަން މަޖިލީހަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި މިމައްސަލަވެސް ހިމެނިފައި ވަނިކޮށެވެ.

ޒައިނާ ވަނީ އޭނާ ޙަރަކާތްތެރިވީ އިސް ރަށްވެހިންގެ އިޖްތިމާޢީ ހަފުލާއެއްގައި ކަމަށް ވިދާޅުވެ ޢަމަލުތައް ދިފާޢުކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް