Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހު ޖަމާލް

މަލީހު، ބަޣާވަތް "ސެލެބްރޭޓް" ކުރުމުން އިންތި ރަތަށް

7 ފެބުރުއަރީ 2020 | ހުކުރު 16:47

އިންތި ވިދާޅުވީ، މަލީހު ހައްދަވަނީ އިތުރުފުޅެއް ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް | 7 ފެބުރުއަރީ 2020 | ހުކުރު 16:47
މަލީހު އާއި އިންތި

މަލީހު އާއި އިންތި

''ފެބްރުއަރީ ހަތެއް'' ގައި އެމްޑީޕިގެ ވެރިކަން ވެއްޓުނު ގޮތް ''ސެލެބްރޭޓް'' ކުރާފަދަ މޭރުމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޓްވީޓް ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓިފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. އެމްޑީޕީން ސިފަކުރާ ގޮތުގައި ވެރިކަން ވައްޓާލާފައިވަނީ ''ބަޢާވަތް'' ކޮށްގެންނެވެ. އަދި އެކަމުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

އެ ހާދިސާއަށް ނުވަ އަހަރުވުމާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ކުރައްވާފައިވާ ޓްވީޓެއްްގައި ވިދާޅުވި، އިސްލާމްދީނާއި، މި ގައުމުގެ މިނިވަންކަމާއި، ސުލްހަ މަސްލަސްކަމާއި، ހަމަޖެހުމާއި، އަދުލު އިންސާފާ، ރައްޔިތުންގެ ކުރިއެރުމާއި، ފަރުދުންގެ މިނިވަންކަމާއި، ޑިމޮކްރެސީގެ އަސާސްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު އެކަން ދިފާއުކުރައްވާނެ ކަމަށެެވެ. ޓްވީޓްގައި ނިންމަވާލައްވަމުން މަލީހު ވަނީ މިއަދުގެ ތާރިހު ކަމަށްވާ ''07.02.20'' ލިޔުއްވާފައެވެ.

މަލީހު ކުރެއްވި ޓުވީޓް ރީޓްވީޓް ކުރެއްވުމަށްފަހު އިންތި ވިދާޅުވީ މަލީހު ހެއްދެވީ އިތުރުފުޅެެއް ކަމަށެވެ. އަދި މަލީހު އަކީ އެކަހަލަ އެއްވެސް ވަގުތެއްގައި ނުުކުމެ ވަޑައިގަތް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ޓްވީޓް ނިންމަވާލައްވަމުން އިންތި ވިދާޅުވި މަލީހު ''ބޮޑަށް ވާގިވެރިވެލެއްވިފައި އޮތީ އެންމެ ނުލަފާ ވެރިކަންތަކަށް ކަމަށް'' ކަމަށެވެ.

އެމްޑީޕީގެ އުފެއްދުއްނިއްސުރެ އެ ޕާޓީގެ އެންމެ އިސްސަފުގައި މަސައްކަތް ކުރައްވާ އިންތި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދުގެ އިތުރުން ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޓެގްކުރައްވާ ކުރެއްވި ޓްވީޓެއްގައި ވަނީ ސުވާލެއް އުފައްދަވާފައެވެ. އެއީ ''ސަރުކާރުގެ ވަޒީރަކު މި ގޮތަށް ބަޢާވަތް ސެލެބްރޭޓް ކުރައްވާފައިވުމުން އެއީ އަޅުގަނޑުމެން ރައްދު ދިނުމަށް އެރުވިފައިވާ ދައުވަތެއް ކަމަށް ބަލައިގެން ކުރިޔަށް ދާންވީތޯ'' އެވެ.

މިނިސްޓަރު މަލީހުގެ ވާހަކަތައް އިންތި ދޮގުކޮށްފައިވާއިރު، މަލީހުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް މަލީހް މަސައްކަތްކުރެއްވި އެވެ. އެގޮތުން ކުރީގެ ނައިބް ރައީސް އަދި ބަޤާވަތަށްފަހު އެކުލަވާލެވުނު ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކު މަލީހް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓްރީއަށް މަލީހު ވަޑައިގެންނެވީ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެކަމަކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ކޯލިޝަންގެ މައި ޕާޓީގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ދެ ބޭފުޅުން ދޭތެރޭގައި ފަހަކަށް އައިސް ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރެެވެމުންނެވެ. ބައެއް ފަހަރު ކޯލިޝަން ރޫޅާލަން އެމްޑީޕީން މަސައްކަތްކުރާ ކަމުގެ އަޑުތައްވެސް ފެތުރެއެވެ. އެކަމަކު އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ކޯލިޝަންއަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް