Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މާލޭ ރައްވެހިންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭ ޤަރާރު ފާސްކޮށްފި

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2020 | އަންގާރަ 13:55
ގާކޮށި ފްލެޓު

ގާކޮށި ފްލެޓު

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށާއި، ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާތީ، އެ ކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. އަދި ގަރާރު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ. މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިގަރާރުގައި 7 ކަމަކަށް ގޮވާލާފައިވެއެވެ. އެގޮތުން ބޯހިޔާވަހިކަމާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުން އަވަސްކޮށްދިނުމަށް ގޮވާލާފައިވެއެވެ. ބޯހިޔާވަހިކަމާއި ގުޅޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ގައުމީ ތަރައްގީއާާއި ތަރިކައިގެ ކޮމިޓީން ދަނީ ކުރަމުންނެވެ.

މީގެއިތުރުން މާލޭގެ ރަށްވެއްސަކަށްވެ އަމިއްލަ ބޯހިޔާވަހިކަމެއްނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް އެބިލުގައި ކަނޑައެޅުމަށާއި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނެ ވަރުގެ ދަތި ބިންކޮޅުގައާއި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެއިން، ނުވަތަ ތިލަފުށިން، ނުވަތަ ގުޅިފަޅުން އެކަށީގެންވާ ވަރުގެ ފްލެޓް ނުވަތަ ގޯތިދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުމަށް ގޮވާލާފައިވެއެވެ.

އަދި "ވެށިފަހި މާލެ" ޕްރޮގްރާމް ހިންގާނެ އުސޫލު އެ ބިލުގައި ކަނޑައެޅުމަށާއި އެއްވެސް ފަރާތަކުން، އެ ފަރާތަކަށް މާލެއިން ލިބިފައިވާ ބިންކޮޅެއް ދައުލަތަށް ދޫކޮށްލުމުން އޭގެ ބަދަލުގައި ގޯއްޗެއްނުވަތަ ފްލެޓެއް، ގްރޭޓާރ މާލެ ނުވަތަ ރާއްޖޭގެ އެހެން ސަރަޙައްދުން ލިބޭނެ ހަމަތައް އެ ބިލުގައި ކަނޑައެޅުމަށް ވެސް ގޮވާލާފައިވެއެވެ. އަދި ފްލެޓް ޙައްޤުވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ލިބިފައިނުވާ ފަރާތްތަކަށް ބިލުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

ކޮމިޓީން ދެކޭ ގޮތުގައި މިހާރު އެކުލަވާލަމުން އަންނަ ބޯހިޔާވަހިކަމާއި ގުޅޭ ބިލުގެ މަސައްކަތް ނިމި، އެ ބިލު ގާނޫނަކަށްވެ، ތަންފީޒުވެގެން ދިއުމުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފައިވަނީ ޢިމާރާތްކޮށް ނިމިފައިވާ އެއްވެސް ފްލެޓެއް މިހާތަނަށް ޙަވާލުނުކުރެވިނުވާނެކަމަށެވެ. އެގޮތުން، ޖުމްލަ 250 ގޯތީގެ ތެރެއިން 248 ގޯތި މިހާރު ޙަވާލުކުރެވިފައިވާކަމަށާއި، ގޯތި ޙަވާލުނުކުރެވިވާ ދެފަރާތުންކުރެ އެއް ފަރާތުން މިހާރު އަމިއްލަ ބިންކޮޅު ދޫކޮށްލަން ބޭނުންނުވާކަމަށެވެ. އަދި، އޭގެ ތެރެއިން އަނެއްފަރާތަށް ފްލެޓް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

މީގެއިތުރުން، އެޗްޑީސީން ބުނީ ޖުމްލަ 1000 ފްލެޓްގެ ތެރެއިން 2 ފްލެޓް ފިޔަވައި ބާކީ ހުރިހާ ފްލެޓްތަކެއް ޙަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ތައްޔާރުކުރި ލިސްޓަކާއި އެއްގޮތަށްކަމަށެވެ.

އެޗްޑީސީން ބުނީ ވެށިފަހި މާލެ ޕްރޮގްރާމްގެ އޭ ކެޓެގަރީގެ ދަށުން 24 ފަރާތަކަށް ޓާޓާ ފްލެޓް މަޝްރޫޢުގެ ދަށުން ހަދާފައިވާ ފްލެޓްތަކެއްވެސް ދޫކުރެވިފައިވާކަމަށެވެ. އަދި ގާކޮށި ފްލެޓް މަޝްރޫޢުގެ ފްލެޓްތަކުގެ ތެރެއިން 160 ފަރާތަކަށް ޑައުން ޕޭމަންޓް ދެއްކެން ނެތުމުގެ ސަބަބުންފްލެޓް ދޫކުރެވިފައިނުވާކަމަށާއި، އެ ފަރާތްތަކުގެ ލިސްޓެއް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފައިސާ ނުދެއްކިގެން ފްލެޓް ނުލިބުނު ފަރާތްތަކަށް ފްލެޓް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެގޮތުން، އެ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރއިން އަންގާފައިވާ ހުރިހާ ފަރާތްތަކަކާ ގޯތި ޙަވާލުކޮށްފައިވާކަމަށާއި، ނަމަވެސް، ފްލެޓްތަކުގެ އަގު (-/ 2,000,000 (ދެ މިލިއަންރުފިޔާ) ކަމަށް) ކަނޑައެޅިގެން ދިޔައިރު ފްލެޓްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ފްލެޓް ލިބުނު ބައެއްފަރާތްތަކާ ފްލެޓް ޙަވާލުކޮށްފައިނުވާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ދައުރުގައި ފެއްޓެވި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ވަނީ ގޯދި ދޫކޮށްފައެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ވައްޓާލުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި އެ ޕްރޮގްރާމް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އެންމެހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު