Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޮނާލްޑޯ ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑާއިއެކު ޔުވެންޓަސްއަށް މޮޅެއް

2 ފެބުރުއަރީ 2020 | އާދީއްތަ 21:55

މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 ފެބުރުއަރީ 2020 | އާދީއްތަ 21:55
ޔުވެންޓަސް އަދި ފިއޮރިންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އަދި ފިއޮރިންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ޔުވެންޓަސް އަދި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯގެ ދެ ލަނޑުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 14 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރ ލިއޮނާޑޯ ބޮނޫޗީ އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ. ޑޮގްލަސް ކޮސްޓާ ނަގައިދިން ހުރަސް ބޮލުން ބޮނޫޗީ ފޮނުވައިލިއިރު މި ހަމަލާ ފިއޮރެންޓީނާގެ ކީޕަރު ވަނީ ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުން ޔުވެންޓަސްގެ ރޮޑްރިގޯ ބެންޓެންކާ ވަނީ އޭރިޔާ ބޭރުން ބާރު ހަމަލާއެއް ފިއޮރެންޓީނާގެ ގޯލަށް ފޮނުވައިލައިފައެވެ. މިހަމަލާ ވެސް ފިއޮރެންޓީނާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އޭރިޔާ ތެރެއިން ފިއޮރެންޓީނާ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމާއިއެކު ލިބުނު ޕެނަލްޓީ ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެޓީމުން ކުރި އެޓޭކްތައް އިތުރަށް ވަރުގަދަކުރިއިރު އެޓީމުން ވަނީ މެޗުގެ 80 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. މި ލަނޑަކީ ޔުވެންޓަސްގެ ޖާޒީގައި ރޮނާލްޑޯ ކާމިޔާބުކުރި 50 ލަނޑެވެ. ޔުވެންޓަސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓިމަށް ކާމިޔަބުކޮށްދިނީ މަތައިސް ޑެލައިޓް އެވެ.

މި ނަތީޖާ އާއިއެކު ޔުވެންޓަސްއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 54 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 21 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވި ފިއޮރިންޓީނާ އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް