Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމުގެ ސިނާއަތް

ދަނޑުވެރިކަމުގެ ތަމްރީންތަކަށް ދިޔަ ފަރާތްތައް އަނބުރާ މާލެއަށް އައިސްފި

2 ފެބުރުއަރީ 2020 | އާދީއްތަ 14:18

6 ބައިވެރިއަކު ވަނީ ޓެމިލް ނާޑޫގެ އެގްރިކަލްޗަރަލް ޔުނިވަރސިޓީގައި ތަމްރީންވެފައި

އަމަން ހަލީމް
އަމަން ހަލީމް | 2 ފެބުރުއަރީ 2020 | އާދީއްތަ 14:18
ދަނޑުވެރިކަމަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީންކުރަން ބޭއްވި ޕްރޮގްރާމްގެ ތެރެއިން

ދަނޑުވެރިކަމަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީންކުރަން ބޭއްވި ޕްރޮގްރާމްގެ ތެރެއިން

ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީންކުރުމަށް އިންޑިއާގެ ޓެމިލް ނާޑޫގެ އެގްރިކަލްޗަރަލް ޔުނިވަރސިޓީއަށް ދިޔަ ފަރާތްތައް، ތަމްރީން ފުރިހަމަކުރުމަށްފަހު އަނބުރާ މާލެއަށް އައިސްފިއެވެ.

ޔުނިވަރސަލް ފައުންޑޭޝަންގެ ދީލަތި އެހީއާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގެ މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކައި ފަންނީ މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިއީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު އައި ބައިވެރިންނާ ޔުނިވަރސަލް ފައުންޑޭޝަންގެ އިސް ފަރާތްތަކާއި އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކޯހުގެ ބައިވެރިންވަނީ ކޯހުން ދަސްވީ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.

ކޯހުގެ ބައިވެރިން ވަނީ ދިވެހި ދަނޑުވެރިން އާންމުކޮށް ތަޖުރިބާ ކުރަމުން އަންނަ ތަފާތު ބަލިތައް ތިމާވެއްޓާއި ރައްޓެހި އުކުޅުތަށް ބޭނުންކޮށްގެން ކޮންޓްރޯލް ކުރަން ދަސްކޮށްފައެވެ.

އެގޮތުން ކޯހުގެ ބައިވެރިން ވަނީ ކަންކަމުގެ ތެރޭގައި ރަށްރަށުގެ ފެންފަށަލައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް، ފެނުގެ ވަޞީލަތް މެނޭޖްކޮށް ބަލަހައްޓާނެ ގޮތްތަކާއި، ފަސް ގަނޑުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގެ އިިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ދަނޑުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރަން ބޭނުންކުރާން އުކުޅުތައް އުނގެނިފައެވެ.

ކޯހުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޒަހާ ވަނީ ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ފުރިހަމަޔަށް ހިފައިގެން، ދަނޑުވެރިންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިފައެވެ.

މި ކޯސް ހިންގުމަށް އެހީތެރިވެދިން ޔުނިވަރސަލް ފައުންޑޭޝަންގެ ޗެއަރމަން މުހައްމަދު އުމަރު މަނިކަށް ޝުކުރުއަދާކުރައްވަމުން، މިނިސްޓަރ ޒަހާ ވަނީ އެ ފައުންޑޭޝަނުން ކުރި ހަރަދު ބޭކާރު ހަރަދަކަށް ވިޔަ ނުދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޯހުގެ ބައިވެރިންގެ ފުރިހަމަ ބޭނުން މިނިސްޓްރީން ހިފަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް އެރުވިއެވެ.

ކޯހުގައި މިނިސްޓްރީގެ މުވައްޒަފަކާއި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ 6 ބޭފުޅަކު ބައިވެރިވަޑައިގެންނެވިއެވެ. މި ފަރާތްތަކުން މަސައްކަތްކުރަން ހަމަޖެހިފައިވަނީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް