Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރޯނާ ވައިރަސް/ ރާއްޖެ

ރިޔާސީ ރަށްކޮޅު "އާރަށް" ވެސް ކަރަންޓީން ފެސިލީޓީއަކަށް ހަމަޖައްސަވައިފި

2 ފެބުރުއަރީ 2020 | އާދީއްތަ 08:37

މިހާތަނަށް ޝައްކުކުރެވުނީ އެކަކަށް އެމީހާ ކ. ފުނަދޫ ކަރަންޓީނުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ފެބުރުއަރީ 2020 | އާދީއްތަ 08:37
ރައީސް ޔާމީންގެ ވެރިކަމުގައި އާރަށުގައި ހަދާފައިވާ ކަމަށްބުނާ ގަޑުވަރު

ރައީސް ޔާމީންގެ ވެރިކަމުގައި އާރަށުގައި ހަދާފައިވާ ކަމަށްބުނާ ގަޑުވަރު

ރިޔާސީ ރަށްކޮޅު "އާރަށް" ވެސް ކަރަންޓީން ފެސިލީޓީއެއްގެ ބޭނުން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނިންމަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ މާލެ ކައިރީގައި ވަކިން އޮންނަ އާރަށަކީ، އެއިރެއްގެ ރައީސްކަން ކުރައްވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ އަދި މިހާރު ބައެއް ޤައުމުތަކުން ވެސް ފެންނަމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކަށް ވެސް އެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި، ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނިދާނެކަމުގެ ބިރަށާއި އަދި ފެތުރިދާނެ ކަމުގެ ބިރަށްޓަކައި، އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށެވެ.

އެގޮތުން ޢަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ ފެންމަތި ވުމާއި ގުޅިގެން، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކެބިނެޓްގެ މިނިސްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް ޓީމެއް އެކުލަވާލާފައިވާ ކަމަށާއި، ކޮރޯނާ ވައިރަސް ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާތީއާއި އަދި ދުނިޔޭގެ ބައެއް ޤައުމުތަކުން އެވައިރަސް ފެންނަމުންދާތީ، އެވައިރަހަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ޤާއިމު ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ޞާލިހު އެންމެ ފުރަތަމަ ވެސް ނިންމެވީ އާރަށް ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވި އެވެ.

ޢަލީ ވަހީދު ވިދާޅުވީ، ކަރަންޓީނު ފެސިލިޓީގެ ގޮތުގައި އެކޮމެޓީން ނިންމާފައިވަނީ، އެސްޓީއޯއިން ތެޔޮ ރައްކާކުރާ، ފުނަދޫ އާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލެއާ ގުޅާލެވިފައިވާ ފަރުކޮޅުފުއްޓާއި އާރަށް ކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ، ކޮރޯނާގެ ވައިރަހުގެ މައްސަލަ ރާއްޖެ ނުރައްކާ ޙާލަތަކަށް ދާނަމަ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ވަކި ފަޅު ރަށެއް ހަމަޖައްސައިގެން ވިޔަސް ސަރުކާރުން އެކަން ކުރައްވާނެ ކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ، ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އެހެންކަމުން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް އެޅިގެންދާނީ އެގޮތުގެ މަތިން ކަމަށެވެ.

ދިވެހި ސަރުކާރުން ބުނަނީ، ދިވެހި ރައްޔިތުން ކަންބޮޑުވާ ވަރުގެ ޙާލަތަކަށް ރާއްޖޭގެ ޙާލަތު އަދި ނުދާ ކަމަށާއި، ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރަނީ އެންމެ މީހަކަށް ކަމަށާއި އެމީހާ މިވަގުތު ހުރީ ފުނަދޫގައި ހުންނަ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ. އަދި އޭނާއަކީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއްކަން ކަށަވަރު ނުވާކަމަށާއި ލެބޯޓަރީ ޓެސްޓްގެ ނަތީޖާ ލިބޭނީ ހޯމަ ދުވަހު ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ވަނީ، ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މަޢުލޫމާތުގެ ބޭނުން ރަނގަޅަށް ހިފުމަށް ދިވެހި ރައްޔިތޔުންގެ ކިބައިން އެދިފަ އެވެ. ރައްޔިތުން ކަންބޮޑުވާ ޙާލަތަކަށް ރާއްޖެ އަދި ނުދާކަމަށާއި ނަމަވެސް މިފަދަ ވައިރަސްތަކާއި ރޯގާތަކުން ރައްކާތެރިވުމަށް ޢާންމު ޞިއްޙީ މިންގަނޑުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރައްކާތެރިކަމާއެކު ދިރިއުޅުމުގެ އާދަތައް ބެހެއްޓުމަށްވެސް ސަރުކާރުން ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް