Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޮވެލް ކޮރޯނާވައިރަސް

ޝުކުރިއްޔާ އިންޑިއާ!

މިސަރުކާރު އައި ފަހުން އިންޑިއާއާއެކު އަންނަނީ ގާތް ގުޅުމެއް ބާއްވަމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2020 | އާދީއްތަ 13:34
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަރިހު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަރިހު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރި، ސިއްހީ ކުއްލި ނުރައްކަލަކަށް ދުނިޔެ ހުށަހެޅިގެން ދިޔައިރު، އޭގެ އަސަރު މިކުޑަކުޑަ ރާއްޖެއަށް މިވަނީ ކޮށްފައެވެ. ރާއްޖެއަށްވެސް މިވައިރަސްގެ ފެތުރުމުގެ ބިރު ވަނީ ހީވެފައެވެ.

މުޅި ގައުމު އެލަރޓްވެފައިވާއިރު، ގިނަ ދިވެހިންގެ ސަމާލުކަން އެންމެ ފުރަތަމަވެސް ހުއްޓިގެން ދިޔައީ ވޫހާންގައި ތިބި ދިވެހިންނަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުން ދިވެހިން ނެރެވޭނެ ގޮތެއް ނެތެވެ. މުޅި ވޫހާން ބަންދުކޮށް، ވައިރަސް ފެތުރުނަ ނުދޭން ޗައިނާ ސަރުކާރުން ނިންމިއެވެ. މިކަމާ ގުޅިގެން އެކި ގައުމުތަކުން ވޫހާންގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމުތަކަށް ގެންދިޔުމަށް މަސައްކަތް ފެށިއިރު، އެތަނުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށިއެވެ.

ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެކެވެ. ބެއިޖިންގައި އެމްބަސީއެއް ހުއްޓަސް މައުލޫމާތު ލިބޭ ގޮތުގައި އެތަނުގައި ތިބެނީ މަދު ސްޓާފުންތަކެކެވެ. ވައިރަސް ފެތުރެން ފެށުމާއެކު އެކަމާއި ގުޅުން ހުރި މަސައްކަތުގައި މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރަމުން ދިޔަކަން ރާއްޖެ.އެމްވީއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް މުވައްޒަފުންގެ އަދަދު ކަމާއި، ވަސީލަތްތައް މަދުވުމުން، ވޫހާންގައި ތިބި ދިވެހިން ގެނައުމުގައި ބޭރު ގައުމެއްގެ އެހީތެރިކަން ރާއްޖެއަށް އޮތީ ބޭނުންވެފައެވެ. އަދި ވޫހާންގައި ތިބި ދިވެހިން ޗައިނާއިން ގެންދިޔުމުގެ މަސައްކަތް ކުރާކަން ދިވެހި ސަރުކާރުން ހާމަކުރިއިރު، އެކަމުގެ ތަފްސީލް ނުދިންނަމަވެސް، އޭރުވެސް އަވަށްޓެރި ގައުމުތަކާއިއެކު އެކަމުގެ މަޝްވަރާތައް ކުރަމުން ދިޔަކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި މިކަމާއި ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވި، މަސައްކަތްތަކެއް ކުރިއަށް ދިޔަކަމަށް މައުލޫމާތު ލިބެއެވެ. އެންމެފަހުން އެކަމުގައި އެހީތެރިވާން ނިންމީ އިންޑިއާއިންނެވެ. އިންޑިއާ ރައްޔިތުންގެ އެތައް ބަޔަކު ވޫހާންގައި ތިއްބައި، އެރަށުން ފުރި ދެވަނަ އިވެކުއޭޝަން ފްލައިޓްގައި ދިވެހިން އިންޑިއާގެ ދިއްލީއަށް ގެންގޮސްދޭން އެއްބަސްވެ، އެކަން ކޮށްދީފައެވެ.

މިއަދު ފޮރިން މިނިސްޓަރ ޝާހިދު މީޑިއާއަށް ދެއްވި މައުލޫމާތަށް ބަލާއިރު، އެކަން ކޮށްދެނީ ހިލެއެވެ. ކަރަންޓީނު ކުރުމާއި، އެމުއްދަތުގައި ހިނގާނެ ހަރަދުވެސް އިންޑިއާއިން ދެނީ ހިލެއެވެ. މިއީ ދެގައުމުގެ މެދުގައި އޮތް ގުޅުމާއި މެދު ސުވާލު އުފައްދާ ފަރާތްތަކަށް ދެވޭ ވަރުގަދަ ރައްދެކެވެ. މިސަރުކާރުން އަބަދުވެސް ބުނާ ވާހަކަޔަކީ އިންޑިއާ އަކީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ގައުމުކަމަށާއި، ދިވެހިންނަށް ކަމެއް ޖެހިއްޖެއްޔާ އެކަމެއް ކޮށްދެވޭނެ ބަޔަކީ އިންޑިއާ ކަމަށެވެ. އެކަން އެގައުމުން އެދަނީ ދައްކަމުންނެވެ.

މީގެ އެހެން މިސާލެއްވެސް މީގެ ހަފްތާއެއްހާ ދުވަސްކުރަން ފެނުނެވެ. ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުގެ ކުރިން ދިވެހިންނަށް ކުރިމަތިވީ ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާންކޮށްފައިވާ ހިމަ ބިހީގެ ބިރުވެރިކަމެވެ. ރާއްޖޭގައި އެކަށީގެންވާ ވަރަށް ވެކްސިން ނެތުމުން ވެކްސިން ހޯދަން އިންޑިއާގެ ކިބައިން އެދުނުތާ 72 ގަޑިއިރު ނުވަނީސް 30 ހާސް ޑޯޒްގެ ވެކްސިން ގެނެސް ރާއްޖެއަށް ބޭލައި، ހެލްތު މިނިސްޓްރީއާ ހަވާލުކުރިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން އޮންނަތާ އެތަކެއް ގަރުނެއް ވެއްޖެއެވެ. 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއި އެކު އެންމެ ފުރަތަމަ ގުޅުން ގާއިމްކުރި ގައުމުތައް ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނެއެވެ. އެތަކެއް ގަރުނެއްގެ މި ގުޅުން، މީގެ އަށް ވަރަކަށް އަހަރު ކުރިން ހީނަރުވާން ފެށީ އިންޑިއާ އާއި އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކުގައި އެހީވަމުން ދިޔައިރު، އެ މީހުންނާ މެދު ރާއްޖޭގެ އޭރުގެ ސަރުކާރުން ކަންތައް ކުރަމުން ދިޔަ ގޮތުގެ ސަބަބުންނެވެ.

ކަމަކު ޖެހިއްޖެއްޔާ އޮންނަނީ އިންޑިއާއެވެ. އެހަގީގަތް ގަބޫލުކުރަން މަދު ބަޔަކު ބޭނުން ނުވިޔަސް، ގިނަ ދިވެހިން މިއަދު ހަގީގަތް ގަބޫލުކުރެއެވެ. ޚާއްސަކޮށް މިފަދަ ކުއްލި ހާލަތްތަކުގައި އެހީ ބޭނުންވާ ފަރާތްތަކުން މިއެހީތެރިކަން ގަބޫލުކުރެއެވެ. ޝުކުރިއްޔާ އިންޑިއާ!

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

28 ޑިސެމްބަރު 2017
ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު