Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާޤު

އިރާޤުގެ ބޮޑުވަޒީރުކަމަށް މުޙައްމަދު ތައުފީޤް އައްލާވީ އައްޔަނުކޮށްފި

1 ފެބުރުއަރީ 2020 | ހޮނިހިރު 18:37

އައްލާވީ ބޮޑުވަޒީރުކަމަށް މި އައްޔަނުކުރީ އެގައުމުގައި މެދުކެނޑުމެއްނެތި މުޒާހަރާތައް ކުރަމުންދަނިކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ފެބުރުއަރީ 2020 | ހޮނިހިރު 18:37
އިރާޤުގައި އައު ސަރުކާރެއް ކުރިޔަށް އޮތް މަސްދުވަސްތެރޭގައި އެކުލަވާލާނެ

އިރާޤުގައި އައު ސަރުކާރެއް ކުރިޔަށް އޮތް މަސްދުވަސްތެރޭގައި އެކުލަވާލާނެ

އިރާޤުގެ އާ ބޮޑުވަޒީރުކަށް މުހައްމަދު ތައުފީޤް އައްލާވީ އައްޔަނުކޮށްފި އެވެ.

ދެ މަސްދުވަހަށް ވުރެ ގިނަ މުއްދަތަކަށްފަހު އެގައުމުގެ ބޮޑުވަޒީރުކަަމަށް އާ ބޭފުޅަކު ރައީސް ބަރްހަމް ޞާލިހު މިއައްޔަނުކުރެއްވީ އެގައުމުގައި މެދުކެނޑުމެއްނެތި މުޒާހަރާތައް ކުރިޔަށްދަނިކޮށެވެ. އިރާޤުގެ ކުރީގެ ބޮޑުވަޒީރު އަދެލް އަބްދުލް މާހިދު އިސްތިޢުފާ ދެއްވީވެސް މުޒާހަރާތައް ކުރަމުންދިޔަ މީހުންގެ ޕްރެޝަރާހެދި އެވެ.

އޭގެފަހުންވެސް މުޒާހަރާކުރަމުންދިޔަ މީހުންދިޔައީ މެދުކެނޑުމެއްނެތި މުޒާހަރާކުރަމުންނެވެ. ކުރިޔަށް އޮތް މަސްދުވަސް ތެރޭގައި އައްލާވީ އެގައުމުގެ އައު ސަރުކާރު އެކުލަވާލައްވާނެ އެވެ. އަދި އިރާޤުގައި އިންތިޚާބެއް ބޭއްވެންދެން އެސަރުކާރު ކުރިޔަށްދާނެ އެވެ.

ހޮނިހިރު ދުވަހު ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އައްލާވީ ވިދާޅުވެފައިވަނީ ރައީސް ޞާލިހު އޭނާ ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފައިވާ ކަމަށާއި މުޒާހަރާކުރަމުންދާ މީހުންގެ ގޮވާލުންތަކާ އެއްގޮތަށް އޭނާގެ ސަރުކާރު އެކުލަވާލާނެ ކަމަށެވެ. މީގެއިތުރުން އެގައުމުގެ އިގްތިޞާދު ޚަރުދަނާކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރައްވާނެ ކަމަށް އައްލާވީ ވަނީ އެވީޑިއޯގައި ވިދާޅުވެފަ އެވެ.

މީގެއިތުރުން އައްލާވީ ވަނީ މުޒާހަރާކުރަމުންދާ މީހުން މުޒާހަރާކުރުންތައް ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާފަ އެވެ. އައްލާވީ އިރާޤުގުގެ އައު ބޮޑު ވަޒީރުކަމަށް އައްޔަނުކޮށްފައި މިވަނީ އެގައުމުގައި އުޅޭ އެހެން ޕާޓީތަކާވެސް މަޝްވަރާކުރުމަށްފަހު ކަމަށް އިރާޤުގެ އޮފިޝަލުން ބުނެއެވެ.

އައްލާވީ އުފަންވެވަޑައިގަންފައިވަނީ ބަޣްދާދަށެވެ. އަދި ކޮމިޔުނިކޭޝަން މިނިސްޓަރެއްގެ ގޮތުގައި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު މަސައްކަތް ކުރެއްވި އެވެ.

އައްލާވީ ބޮޑުވަޒީރުކަމުގައި ބެހެއްޓުމާމެދު އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގައި ދެން އޮންނަ ބައްދަލުވުމުގައި ވޯޓަށް އަހާނެ އެވެ. އައްލާވީގެ ނަން ބޮޑުވަޒީރުކަމަށް އައުމާއެކު މުޒާހަރާކުރަމުންދާ މީހުންވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެއް ބަޔަކު އައްލާވީ އަށް ތާޢީދުކުރާއިރު އަނެއް ބަޔަކު އަންނަނީ އައްލާވީ ބޮޑުވަޒީރުކަމުގައި ބަހައްޓަން ނުފެންނަކަމަށް ބުނަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2018

ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ ތުހުމަތު ކުރެވޭ ވަލީއަހުދު މުޙައްމަދު މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށައިފި

21 ނޮވެމްބަރު 2018
ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ ތުހުމަތު ކުރެވޭ ވަލީއަހުދު މުޙައްމަދު މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށައިފި
06 ނޮވެމްބަރު 2018

ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު

06 ނޮވެމްބަރު 2018
ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު
08 ޖޫން 2018

މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ

08 ޖޫން 2018
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ
07 ޖޫން 2018

އިރާޤުގެ ވޯޓު އަލުން ގުނަން އަންގައިފި

07 ޖޫން 2018
އިރާޤުގެ ވޯޓު އަލުން ގުނަން އަންގައިފި
05 ޖޫން 2018

އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި

05 ޖޫން 2018
އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި
30 އެޕްރީލު 2018

އެމެރިކާއިން ބުނާ ގޮތް ނެެހެދެންޏާ ފަލަސްތީނު އަނގަމަޑުން ލައިގެން ތިބޭ: މުޙައްމަދު ބިން ސަލްމާން

30 އެޕްރީލު 2018
އެމެރިކާއިން ބުނާ ގޮތް ނެެހެދެންޏާ ފަލަސްތީނު އަނގަމަޑުން ލައިގެން ތިބޭ: މުޙައްމަދު ބިން ސަލްމާން
09 ޑިސެމްބަރު 2017

އައިއެސް އާދެކޮޅު ހަނގުރާމަ ނިމުނުކަން އިރާޤުގެ ބޮޑުވަޒީރު އިއުލާން ކުރައްވައިފި

09 ޑިސެމްބަރު 2017
އައިއެސް އާދެކޮޅު ހަނގުރާމަ ނިމުނުކަން އިރާޤުގެ ބޮޑުވަޒީރު އިއުލާން ކުރައްވައިފި
03 އޮކްޓޯބަރު 2017

ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ

03 އޮކްޓޯބަރު 2017
ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ
24 އޯގަސްޓު 2017

ވަލީއަހުދު މުޙައްމަދު އެމެރިކާގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި

24 އޯގަސްޓު 2017
ވަލީއަހުދު މުޙައްމަދު އެމެރިކާގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް