Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ކޮމަންވެލްތާ ގުޅުމުގެ ވައުދު ފުއްދިއްޖެ، ސަރުކާރު ދެމި އޮތީ ވައުދު ފުއްދަން: ރައީސް

1 ފެބުރުއަރީ 2020 | ހޮނިހިރު 13:30

ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައިވެސް ހުރި ހަމަތަކެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 ފެބުރުއަރީ 2020 | ހޮނިހިރު 13:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަމަށާއި ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ޢާއިލާއާ ރާއްޖެ އަލުން ގުޅުމުގެ މުނާޞަބަތުގައި ރައީސް ސޯލިހު ދެއްވި ހާއްސަ ބަޔާނުގައި ވިދާޅުވީ، މިއަދަކީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުނު ދުވަސްކަމުގައި ވާތީ މިއީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމަށެވެ. އަދި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަންވެލްތުގެ ސެކެޓްރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ވެސް މި މުނާޞަބާއާ ގުޅިގެން ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ބަޔާނުގައި އިތުރަށް ވިދާޅުވަނީ، ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަމަށާއު ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަމަށެވެ. މީގެއިތުރުން، ކޮމަންވެލްތުގެ ޢާއިލާއަކީ މިނިވަން 50 ޤައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ޘަޤާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ޤައުމުތަކެއް ހިމެނޭ ޢާއިލާއެއް ކަމަށާއި މި ޢާއިލާއިން ޤަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ޑިމޮކްރަސީއާ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި ހަމަތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައިވެސް ހުރި ހަމަތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް ބަލާފައި ވަނީ އެ ހަމަތައް ކުރިއެރުވުމުގެ މައްޗަށްކަމުގައި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ އެހެން ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނީވެސް މި ހަމަތައް ކުރިއަރުވައި ދެމެހެއްޓުމުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުން ފަހިކޮށްދޭ ތަޢުލީމުގެ ފުރުޞަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު މުހިންމު އަދި ބައިނަލްއަޤްވާމީ މައިދާނުން ލިބޭ ފުޅާ ފުރުޞަތުތަކެއްކަން ފާހަގަކުރައްވައި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެގޮތުން ޔޫތު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ޤައުމުގެ ފަރުދުންނަށް ސީދާގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއްކަމަށެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުން ފާހަގަކުރުމުގެ ގޮތުން މި ހަފްތާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސްކޫލުތަކުގައި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އަލަށް ހުޅުވުނު އިނގިރޭސި ހައިކޮމިޝަނާއެކު ކޮމަންވެލްތާ ރާއްޖެއާ އޮންނަ ސިޔާސީގުޅުން އިތުރަށް ބަދަހިވުމަށް ވަނީ ދޮރުހުޅުވިފައެވެ.

ރާއްޖެއިން ކޮމަންވެލާ އަލުން ގުޅުމުގެ މި މުނާޞަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި މިކަން ހަޤީގަތަށް ހެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޚާރިޖިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޚާއްޞަކޮތެއްގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓުން ކަންކަން ހަމަޖައްސަވައިދެއްވި އަވަސްކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް