Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއަރ ލީގު

ފޯކައިދޫ ބަލިކޮށް ގްރީން ހަތަރުވަނަ ކަށަވަރުކޮށްފި

29 ޖެނުއަރީ 2020 | ބުދަ 18:49

މި މެޗު ގްރީންއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޖެނުއަރީ 2020 | ބުދަ 18:49
ގްރީން އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ ފޯކައިދޫ ފުޓްބޯލް ކްލަބުގެ މައްޗަށް 2-0 އިން ކުރިހޯދާ ތާވަލުގެ ހަތަރުވަނަ ކްލަބު ގްރީން ސްޓްރީޓްސް ކަށަވަރުކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ގްރީން ތާވަލުގެ ހަތަރުވަނަ ކަށަވަރުކުރީ 20 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. ތާވަލުގެ ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 20 މެޗުން 38 ޕޮއިންޓު ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 20 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އަދި ބުދަ ދުވަހުގެރޭ ގްރީން އަތުން ބަލިވި ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި 20 މެޗުން 19 ޕޮއިންޓާއެކު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގްރީން ސްޓްރީޓްސްއިންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ޒުވާން ފޯވަރޑް އަބްދުﷲ ޔާމީން ބޮލުން ފޮނުވާލި ހަމަލާ ފޯކައިދޫގެ ގޯލްކީޕަރު ތޮލާލް ހަސަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގައި ގްރީންއިން ލީޑު ނަގާފައިވަނީ އޭގެ މިނެޓެއް ފަހުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އުމެއިރެވެ.

ފުރަތަމަ ހާފުގައި ފޯކައިދޫއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ގްރީންގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ޖައްސާލި ބޯޅަ ފޯކައިދޫގެ މުހައްމަދު ސަޔާމް ސައީދަށް ލިބުނު ނަމަވެސް، އޭނާ ހުހަށް ހުރެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ގްރީންއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އުމެއިރެވެ.

އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ގްރީންގެ އަހުމަދު ރަޝީދު (އައްމަޑޭ) ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ހުހަށް ހުރެ ގްރީންގެ މުހައްމަދު މުސްލިހު ފޮނުވާލި ބޯޅަ ފޯކައިދޫގެ ގޯލްކީޕަރު ތޮލާލް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ގަދަ ހަތަރކުން ޖާގަ ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ބުދަ ދުވަހުގެރޭ މެޗުގައި އެޓީމުގެ ޒުވާން ގޯލްކީޕަރު އަލީފްގެ މޮޅު ކުޅުން ކޯޗު ވަނީ ފާހަގަކޮށްފައެވެ. ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނީ މެޗުގައި އެޓީމުގެ ކުޅުންތެރިން ދެއްކި ކުޅުން ދަށް ނޫން ކަމަށާއި، ޓީމު އޮތް ހާލަތަށް ބަލާއިރު ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް