Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުޅުމާލެ

މާލެއިން ބިންކޮޅު ދޫކޮށްލި މީހުންނަށް ހުޅުމާލެއިން ގޯތި ދެނީ

ގޯތި ނުލިބޭ 200 އެއްހާ މީހުން އެބަތިބި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 13:51
ހުޅުމާލެ

ހުޅުމާލެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން، މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން ގޯތި ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން އެކަމަށް އެދިފައިމިވަނީ އަންގާރަ ދުވަހު އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މާލެ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އިތުރުން ،މާލެ ސިޓީ ކައުންސިލުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް ފަރާތްތަތަކާއެކު ބޭއްވި ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި ބެހޭ ގޮތުން ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ''ވެށިފަހި'' މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ގޯތި ދިނުމަކީ އެމްޑީޕީގެ ވަޢުދަކަށްވާއިރު، ލިޔުން ދޫކޮށްފައި ގޯތި ނުލިިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

އެހެން ކަމުން އެ ގޯތިތައް ދިނުމަށް އެޗްޑީސީގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ، އެޗްޑީސީން އެކަން ކުރިޔަށް ގެންދާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެޗްޑީސީގައި ބޭއްވުނު ބައްދަލުވުމާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އެކަމާއި ބެހޭ މަޢުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، ހުޅުމާލެއިން ގޯތި ދޫކުރާއިރު މާލެ މީހުންނަށް އިސްކަން ދޭންޖެހޭ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ރަށްރަށުގެ މީހުންނަށް ގޯތި ދޫނުކުރާ ވާހަކަ ނޫން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އިތުރުން ސަރުކާރުގެ ވަޢުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު