Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރެޑްވޭވް

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފަ

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 08:26
ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 11 ފިހާރައިގައި 6 އޮކްޓޯބަރު 2019 އިން 15 ޖެނުއަރީ 2020ގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް އަހަރީ ބާޒާރު" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ނަސީބުވެރިން ހޮވާފައިވަނީ ރެޑްވޭވް މެގަމޯލް ގައި، ބުދަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން 100،000 އަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. އަދި 10،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި 10 ފަރާތެއްވެސް ވަނީ ހޮވާފައެވެ.

ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ރެޑްވޭވް އަހަރީ ބާޒާރު ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. އެހެންކަމުން، ކުރިއަށްއޮތް ރެޑްވޭވްގެ ރޯދަސޭލް ޕްރޮމޯޝަން ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ، އަދި މިއަށްވުރެގިނަ އިނާމްތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި ރެޑްވޭވުން މައުލޫމާތުދެއްވައެވެ.

ރެޑްވޭވްއަކީ މާލެސިޓީގައި އެންމެ ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެގޮތުން ރެޑްވޭވް ކުޑައިގެ ދަށުން ހުޅުމާލޭގައި ދެ މޯލް، އަދި މާލޭގައި ގިނަ ފިހާރަތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!

17 ސެޕްޓެމްބަރު 2017
އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!
27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު