Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން/ ޕީޕީއެމް

ޔާމީނަކީ ޕީޕީއެމްގެ ރައީސެއް ނޫން: ދައުލަތް

29 ޖެނުއަރީ 2020 | ބުދަ 09:43

ޕާޓީގެ ހަރަކާތް ހުއްޓުމަކީ، ރައީސް ޔާމީން ޖަލުން މިނިވަން ކުރަންޖެހޭ ގާނޫނީ ސަބަބެއް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ޖެނުއަރީ 2020 | ބުދަ 09:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިއްޔެ ހައިކޯޓަށް ހާޒިރު ކުރެއްވުމަށްފަހު، ޖަލަށް ގެންދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިއްޔެ ހައިކޯޓަށް ހާޒިރު ކުރެއްވުމަށްފަހު، ޖަލަށް ގެންދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަންވަމުން ގެންދެވުމަކީ، އެމަނިކުފާނު ނިސްބަތްވާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓެންޖެހޭ ސަބަބެއް ނޫންކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ގާނޫނީ ވަކީލާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ޖަވާބު ދެއްވުމުގެ ގޮތުން ނެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ޖަލު ބަންދުގައި ހުރުމުން އެމަނިކުފާނަށް ސަރުކާރު ޖާވާބުދާރީ ކުރުވަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު އިންތިޚާބަކާ ދިމާކޮށް އެމަނިކުފާނު ހުންނަވަނީ ޖަލުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ގާތްވެ، ހުރިހާ ޕާޓީތަކުން ކެމްޕެއިން ކުރަމުންދާއިރު އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ޕީޕީއެމްގެ ހަރަކާތްތައް ހުއްޓި، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ހުއްޓި، އެތައް ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދެއްވުމަށާއި އަދި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެއްވުމަށް ވެސް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ މުޖުތަމައުގެ މަސްލަހަތު އޮތް "ޕަބްލިކު އިންޓްރެސްޓު" މައްސަލައެއްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރުގެ މަގާމުގައި ނުހުންނެވޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަކީ މިހާރު ޕާޓީއެއްގެ ލީޑަރެއް ކަމަކަށް ގާނޫނު ނުދަންނަ ކަމަށް ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ސިޔާސީ ޕާޓީތައްވެސް ޒިންމާދާރުވެ، ހުސްވާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަކީ ސިޔާސީ ޕާޓީގެ ކަމެއް ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާތީ، ޕާޓީގެ ހަރަކާތް ހުއްޓުމަކީ، ރައީސް ޔާމީން ޖަލުން މިނިވަން ކުރަންޖެހޭ ގާނޫނީ ސަބަބެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވި އެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އެ އިސްލާހު ގެންނެވީވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ މެޖޯރިޓީ އޮތް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުގެންނަވައި، ރައީސް ޔާމީން އެ އިސްލާހު ތަސްދީގު ކުރައްވާފައި ވަނީ 05 މެއި 2015 ގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާއަތް ހެދުން، ބަޔާން ކުރާ އެގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި، އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

އެދުވަސްވަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑެތި ހަމަނުޖެހުން ހިނގާދިޔަ، އަދި ރައީސް ޔާމީންގެ ވެރިކުމުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ ކަންކަން ފާޅުވަމުންދިޔަ ދުވަސްވަރެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި އެ އިސްލާހު ގެންނެވީ، އޭރު ޖަލަށްލާފައި ހުންނެވި، ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލުމުގެ ބޭނުމުގަ އެވެ.

މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާ ކަމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން އިސްތިނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހު ބާއްވާފައިވާއިރު، އެއަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ތެރެއިން، އެމަނިކުފާނު ހައިކޯޓުން ނެރުމަށް އެދިލައްވާފައިވާ ދެ އަމުރާ ގުޅޭ އަޑުއެހުންތަކެވެ. އެ ދެ އަމުރަކީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެއްވުމަށާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިފައިވާ އަމުރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް