Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޓްރަމްޕް ހުށައަޅުއްވައިފި

އިޒްރޭލުން ފޭރިގަނެފައިވާ ބިމަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 29 ޖެނުއަރީ 2020 | ބުދަ 04:11
ޑޮނަލްޑް ޓްރަމްޕް އާއި އިސްޒޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ

ޑޮނަލްޑް ޓްރަމްޕް އާއި އިސްޒޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނުގެ އިން ކަނޑައެޅުމަށް ފަހު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައަޅުއްވައިފިއެެވެ.

ރައީސް ޓްރަމްޕްގެ މި ނިންމެވުމާއިއެކު އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަންނާނެއެވެ. އަދި ފަލަސްތީނުގެ ވެރި ރަަށެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައިވާގޮތުން، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަގްސާ ހިމެނެނީ އިޒްރޭލުގެ އިމުގެ ތެރޭގައެވެ.

މި ސުލްހައިގެ ޕްލޭނަށް އިޒްރޭލުން އެއްބަސްވެެފައިވާއިރު، އެމެރިކާއިން ވަނީ ހަތަރު އަހަރު ވަންދެން ފަލަސްތީނުގައި، އިޒްރޭލްގެ އެއްވެސް ބަޔަކު ވަޒަންވެރި ނުވުމަށް ޝަރުތުކޮށްފައެވެ. އެކަމަކު އެ މުއްދަތު އިތުރަށް ދައްމާލާނެތޯ ނުވަތަ ނޫންކަން އަދި މިހާތަނެއް އެނގިފައެއް ނުވެއެވެ.

ޕްލޭނާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ އައު ވެރިރަށް، އިރުމަތީ ގުދުސް ގައި އެމެރިކާގެ އެމްބަސީ އެއް ހުޅުވިގެންދާނެ ކަމަށެވެ. އެ ޕްލޭންއާ އެކު 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި އެކު، ޕްލޭން އޭގެ އެންމެ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ފަލަސްތީނުގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުން ވަނީ ޓްރަމްޕްގެ ޕްލޭން ބަލައިނުގަންނަން ނިންމާފައެވެ. ޕްލޭން އިއުލާން ކުރުމުގެ ވަގުތުތަކެއް ކުރިން ފަލަސްތީނުގެ ބައެއް ރައްޔިތުން ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާވެސް ކޮށްފައެވެ.

ޓްރަމްޕްގެ މި ޕްލޭނަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނެތަނަޔާހޫވަނީ ތާއިދުކުރައްވާފައެވެ. މިއީ އިޒްރޭލުން ފަަލަސްތީނަކީ އަމިއްލަ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވެ އެކަމަށް ތާއީދުކުރި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ގެ ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ އިސްވެ ހުންނަވައިގެންނެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު