Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ބަންގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމް ކުޑަކުދިންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު

ބަންގްލަދޭޝްގައި ބައިމިލިޔަނެއްހާ ރޮހިންގާ މުސްލިމް ކުޑަކުދިން އެބަތިބި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 28 ޖެނުއަރީ 2020 | އަންގާރަ 18:10
ރެފިއުޖީ ކޭމްޕުގައި ޤާއިމުކޮށްފައިވާ މަދަރުސާއެއް

ރެފިއުޖީ ކޭމްޕުގައި ޤާއިމުކޮށްފައިވާ މަދަރުސާއެއް

ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމް ކުޑަކުދިންނަށް، ބަންގްލަދޭޝްގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމުގެ ފުރުޞަތު އެޤައުމުގެ ސަރުކާރުން ފުރަތަމަ ފަހަރަށް ދީފިއެވެ.

2017 ވަނަ އަހަރު މިޔަންމާ އަސްކަރިއްޔާއިން އެޤައުމުގެ ރަޚައިން ސްޓޭޓުގައި ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޤަތުލްޢާންމާއި ގުޅިގެން ޤައުމުދޫކޮށް، އެއްމިލިއަޔަނަށް ވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާއިރު، މީގެ ތެރޭގައި ބައި މިލިއަން ކުޑަކުދިން ހިމެނެއެވެ. ބަންގްލަދޭޝްގެ ސަރުކާރުން ރޮހިންގާއިންގެ ކުޑަކުދިންނަށް އެޤައުމުގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމުގެ ފުރުޞަތު މިހުޅުވާލީ، އެޤައުމުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ސަރުކާރަށް ކުރި ފިއްތުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، ރޮހިންޖާ ކުޑަކުދިން ތަޢުލީމު އުނގެނެމުން ދިޔައީ އެމީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕްތައް ހުންނަ ޞަރަހައްދުތަކުގައި އދ ކުޑަކުދިންނާއި ބެހޭ އޭޖެންސީން ޤާއިމުކޮށްފައިވާ، ވަގުތީ ސެންޓަރުތަކުގައެވެ. އަދި މުސްލިމް ގްރޫޕުތަކުން ޓެންޓުތަކުގައި ހިންގި ވަގުތީ މަދަރުސާތަކުގައެވެ.

ބަންގްލަދޭޝް ސަރުކާރުން ރޮހިންޖާ ކުޑަކުދިންނަށް އަލަށް ހުޅުވާލި މި ފުރުޞަތު އިޢުލާން ކުރެއްވީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޫމިންއެވެ. ބަންގްލަދޭޝް ސަރުކާރުން މިކަމަށް އެކުލަވާލާފައިވާ، ނެޝަނަލް ޓާސްކްފޯރސް އާއެކު ބޭއްވި ބައްދަލުވުމަށް ފަހު ސަރުކާރުގެ ނިންމުން އިޢުލާންކުރައްވާ މޫމިން ވިދާޅުވީ، ޕައިލެޓް ޕްރޮގުރާމެއްގެ ދަށުން އެންމެ ފުރަތަމަ ދިހަ ހާސް ކުއްޖަކަށް ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމުގެ ފުރުޞަތުދޭނެކަމަށެވެ.

ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރެއިން ރޮހިންޖާ މުސްލިމް ކުޑަކުދިންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ދޭނެކަން އިޢުލާން ކުރިނަމަވެސް، އެކުދިންް ކިޔަވަން ފުރުޞަތު ދޭނެ ސްކޫލްތަކާއި، އަދި އުނގެނުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދޭން ގެންގުޅޭ ސިޔާސަތުތަކުގެ ތަފުޞީލު އަދި ހާމަކޮށްފައެެއް ނުވެއެވެ.

ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބަންގްލަދޭޝްގައި ޙަރަކާތްތެރިވާ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި، އެކްޓިވިސްޓުން ދަނީ ސަރުކާރަށް ތަޢުރީފުކޮށް، ޝުއޫރު ފާޅުކުރަމުންނެވެ. އަދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުވެސް ވެސް ދަނީ މިކަން ފާހަގަކޮށް ބަންގްލަދޭޝް ސަރުކާރަށް މަރުޙަބާ ކިޔަމުންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު