Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓްރީ

މުރަކަ ހިމާޔަތް ކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

28 ޖެނުއަރީ 2020 | އަންގާރަ 11:12

މިއީ 2 ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 ޖެނުއަރީ 2020 | އަންގާރަ 11:12
މުރަކަ ހިމަޔަތް ކުރުމާއި ބެހޭ ވޯރކްޝޮޕް ފެށުން

މުރަކަ ހިމަޔަތް ކުރުމާއި ބެހޭ ވޯރކްޝޮޕް ފެށުން

އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއެޓިވް (އިކްރީ) އާއި މޮނާކޯ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގ ނެޓްވަރކްގެ ދެކުނު އޭޝިއާގެ ފަރުތަކާއި ގުޅޭ މަޢުލޫމާތު ދިގުމުއްދަތަކަށް ނަގަމުންދާ ފަރާތްތަކަށް ޢަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ޞަރަޙައްދީ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ވަރކްޝޮޕް ކުރިއަށް ގެންދަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނެވެ. މި ވަރކްޝޮޕް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ. ވަރކްޝޮޕް ކުރިއަށްދަނީ މިމަހުގެ 28 އިން 29، މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގް ގެ ކޮންފަރެންސް ހޯލްގައެވެ.

Advertisement - newsAdvertisement

ފިޝަރީޒް މިނިސްޓްރީން ބުނީ، ދެ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ޖުމުލަ 25 ފަރާތަކުން ބައިވެރިވިކަމަށެވެ. މީގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ޖަޕާނުގެ އިތުރުން ސައުތު އޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގުރާމް (ސަސެޕް) ތަމްސީލުކުރާ ޖުމުލަ 7 މަންދޫބުންނާއި، ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވަރކްގެ ފެސިލިޓޭޓަރެއް ހިމެނެއެވެ.

އަދި ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖުމުލަ 17 ބައިވެރިން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމަކީ އިކްރީގެ ފަރާތުން ދުނިޔޭގެ ފަރުތައް ނިޞްބަތްވާ ޞަރަޙައްދުތަކުގެ މެދުގައި ޞަރަޙައްދީ ފެންވަރެއްގައި ފަރުތަކުގެ ޙާލަތާއި ގުޅޭ މަޢުލޫމާތު އެކުލަވާލުމަށް ބާއްވާ 7 ވަނަ މަސައްކަތު ބައްދަލުވުމެވެ.

މި މަސައްކަތުބައްދަލުވުމުގައި އެއްކުރެވޭ ދެކުނު އޭޝިއާގެ ފަރުތަކުގެ މަޢުލޫމާތުތަކަކީ، "2020 ޖީ.ސީ.އާރ.އެމް.އެން ގްލޯބަލް ކޮރަލް ރީފް ސްޓޭޓަސް އެންޑް ޓްރެންޑްސް" ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތެވެ. މި ރިޕޯރޓު އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2020 ގައި ޕަލާއޯގައި ބޭއްވޭ "އޯޝަންސް ކޮންފަރަންސް" ގައެވެ. ދުނިޔޭގެ ފަރުތަކުގެ ޙާލަތަށް އަލިއަޅުވާލާ ރިޕޯޓެއް އެންމެ ފަރުން ޝާއިޢުކުރެވިފައި ވަނީ 2008 ގައެވެ.

އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއެޓިވް (އިކްރީ) އަކީ ދުނިޔޭގެ ފަރުތައް ޙިމާޔަތްކޮށް، ފަރުތަކުގެ ވަޞީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށް ބާރުއަޅާ ޤައުމުތަކާއި ޖަމްޢިއްޔާ، ޖަމާޢަތްތައް އެކުލެވޭ ނުރަސްމީ ޕާރޓްނަރޝިޕެކެވެ. އިކްރީ ވުޖޫދަށް އައީ 1994 ވަނަ އަހަރު 8 ޤައުމެއްގެ އެކުލެވޭ ގޮތަށެވެ. ފަރުތައް ޙިމާޔަތްކުރުމާއި، ފަރުތަކުގެ ޙާލަތާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި، ފަރުތަކުގެ ވަޞީލަތްތައް ދެމެހެއްޓުމަށް އިކްރީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް